ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)434-A/1/2015/46
ޕަބްލިޝްކުރި ތާރީޚް: 15 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 09:14
ސުންގަޑި: 22 ޖޫން 2015 12:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
400 ޓަނު ފެން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

މި އެޖެންސީގެ ދަށުން ކ.ހިންމަފުށީގައި ހިންގާ ޑްރަގް ޓްރީޓްމެންޓް ރިހިބިލިޓޭޝަން ސެންޓަރަށް، ފެންވެރުމަށާއި އެހެނިހެން ކަންކަމަށް ބޭނުންވާ 400 (ހަތަރުސަތޭކަ) ޓަނު ފެން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް (ގ.ގްރީންގެ /އަލިކިލެގެފާނުމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

ތާރީޙް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުން

22 ޖޫން 2015

ހޯމަ

12:00 (މެންދުރު)

އަންދާސީހިސާބު ހުށަހެޅުއްވުން

25 ޖޫން 2015

ބުރާސްފަތި

12:00 (މެންދުރު)

28 ޝަޢުބާން 1436

15 ޖޫން 2015