| މަޤާމު: | ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ | ބޭނުންވާ އަދަދު: | 02 | 
| ވަޒީފާ އަދާކުރާ އޮފީސް: | ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު | ޑިޕާޓްމަންޓް: | މާރކެޓިންގ | 
| ގްރޭޑް: | 05 | ސްޕައިން ޕޮއިންޓް: | 24 | 
| މުސާރަ: | މަހަކު 7,151.26 ރުފިޔާ | ސަރވިސް އެލަވަންސް: | މަހަކު 3,064.83 ރުފިޔާ | 
| ވަޒީފާގެ ބާވަތް: | ދާއިމީ | 
|         އިނާޔަޔްތައް: | 
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)ސްޓާފް ޖިމް ފެސިލިޓީލައިބްރަރީ މެމްބަޝިޕް | 
| މަގާމުގެ ޝަރުތު: | 
ސެޓިފިކެޓް ލެވެލް 7/8 ގެ ސެޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން،ނުވަތަ،މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 5 ގެ ސެޓިފިކެޓަކަށްފަހު 2 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 4 ގެ ސެޓިފިކެޓަށްފަހު 5 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން | 
| މަޤާމުގެ މަސްޢޫލިއްޔަތު: | 
މާކެޓިންގ ޙަރަކާތްތަކަށް ބޭނުންވާ އެކި ކޮންޓެންޓް ތައްޔާރުކުރުމުގައި ބިނާކުރަނިވި ޚިޔާލުތައް ދިނުމާއި ކްރިއޭޓިވް އައިޑިއާ ކޮންޓެންޓްތައް ތައްޔާރުކުރުމުގައި އަމަލީގޮތުން ބައިވެރިވެ އެހީތެރިވުންބަދަލުވަމުންދާ ޓްރެންޑާއެއްގޮތަށް، މާކޭޓިންގ ޕްލޭންތައް އިވެލުއޭޓްކޮށް ތައްޔާރު ކުރުންމާކެޓިންގ ޑިޕާރޓްމަންޓްގައި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ދެނެގަނެ، ރިޕޯޓް ތައްޔާރު ކުރުމާއި މިކަންތައްތައް މާކެޓިންގ ޕްލޭނާ އެއްގޮތަށް ސްޕަވައިޒަރ ގެ ލަފާގެ މަތިން ކުރުންމާކެޓިންގ ޑިޕާރޓްމަންޓް ގެ މަގްސަދުތައް ކަނޑައެޅުމާއި، މާކެޓިންގ ޕްލޭން އަދި ސްޓެރެޓެޖީ އިވެލުއޭޓްކޮށް އެސްޓާބްލިޝް ކުރުމުގައި އެހީތެރިވުންޔުނިވަރސިޓީ މާކެޓިންގ ޑިޕާރޓްމަންޓް އިން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުންބައްދަލުވުން ތަކުގައި މަޝްވާރާ ކުރެވޭ ކަންތައްތައް ފޮލޯއަޕް ހެދުމާއި އެކަންތައްތައް މޮނީޓަރކޮށް އޭގެ މައްޗަށް ބިނާކޮށް ކުއާޓަރލީ ރިޕޯޓްތައް ތައްޔާރުކުރުން ހެދުންޓާގެޓްތައް ޙާޞިލްކޮށް، މަސައްކަތުގެ ނަތީޖާ އަވަސްކޮށް، މާކެޓިންގ ޓީމް އާ ގުޅިގެން މަސައްކަތްތަކަށް ޕްރޯއެކްޓިވްކޮށް ކޮންޓްރިބިއުޓް ކުރުންމާކެޓިންގ ކޮންޓެންޓް އުފެއްދުމުގައި ޒަމާނީ ކަންކަމަށް ރިއާޔަތް ކޮށް ސްޕްވައިޒަރ ގެ ލަފާގެމަތިން ތައްޔާރު ކުރުން  ކަނޑައެޅޭ ވަކި އުޞޫލަކުން ޔުނިވަރސިޓީއާއި ބެހޭ ޕްރޮމޯޝަނަލް މަޢުލޫމާތު ފެތުރުމަށް ކަނޑައެޅޭ ވަކި މުއްދަތުތަކެއްގައި ޤަވާއިދުން މަސައްކަތް ކުރުންތަފާތު ބާވަތްތަކުގެ މީޑިއާއާއި އެކު ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރުމާއެކު ޔުނިވަރސިޓީ ޕްރޮމޯޓްކުރުމަށް މަސައްކަތް ކުރުންޔުނިވަރސިޓީގެ ޕްރޮމޯޝަނަށް ހަދަންޖެހޭ އިޝްތިހާރު ތަކުގެ ކޮންސެޕްޓް ސްޕވައިޒަގެ ލަފާގެ މަތިން މަޝްވަރާކޮށް ކަނޑައަޅާ ހެއްދުވުމަށް ފަހު މީޑިއާތަކުގައި ޕްރޮމޯޓް ކުރުންކްރިއޭޓިވް ޓީމް އަދި މާކެޓިންގ ޓީމާއެކު ބްރެއިންސްޓޯމްކޮށް ތަފާތު ޚިޔާލުތައް ހޯދައި ސެކްޝަނުގެ މަސައްކަތްތައް އިތުރަށް ފުރިހަމަކުރުނޔުނިވަރސިޓީގައި ލިބެންހުރި ވަސީލަތްތަކުގެ ބޭނުންހިފައިގެން އަލަށްފަށާ ކޯސްތަކާއި ޕްރޮގްރާމްތައް، ޔުނިވަރސިޓީގެ ސިޔާސަތާއި އެއްގޮތަށް ޕްރޮމޯޓް ކުރުންޔުނިވަރސިޓީގެ ކޯސްތަކަށް ދަރިވަރުން ހޯދުމަށް ކުރާމަސައްކަތްތައް މުޅި އަހަރުތެރޭގައި ސިސްޓަމެޓިކް ގޮތަކަށް ރާވައިގެން ކުރިއަށް ގެންދިއުމުގައި ޙަރަކާތްތައް ރާވާ އިންތިޒާމްކޮށް، ސްޕަވައިޒަރ ގެ ލަފާގެ މަތިން މޮނިޓަރ ކުރުންޔުނިވަރސިޓީގެ ވެބްސައިޓަކީ އެންމެފަހުގެ މަޢުލޫމާތާއި، ޚަބަރު ގެނެސްދޭ ސައިޓަކަށް ހެދުމާއި ޔުނިވަރސިޓީ ހިންގާ ހަރާކަތްތައް ވެބްސައިޓުގައި ގަވާއިދުން ޝާއިއުކުރުމާއި ގްރެފިކްސް މަސައްކަތް ކުރުންޔުނިވަރސިޓީގެ އެހެން ފަރާތްތަކާ ގުޅިގެން، މާކެޓިންގ ކެމްޕެއިންތައް ތަންފީޒުކުރުމުގައި ސޯޝަލް މީޑިއާ މެނޭޖްކޮށް ބެލެހެއްޓުން  އަދި ޔުނިވަރސިޓީގެ ފޭސްބުކް ޕޭޖާއި، ޓްވިޓަރ އެކައުންޓާއި، ޔޫޓިއުބް ޗެނަލް ބަލަހައްޓާ އަޕްޑޭޓްކުރުން. | 
| އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް: | 2024 އޮކްޓުބަރު 03 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒަށް ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށް. https://tinyurl.com/MNU-HR-2024-127   | 
| އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް: | 
ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ. ** ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލް އަކަށް ބަދަލުކޮށްފައެވެ. | 
| ނޯޓް:   | 
މިމަޤާމުގެ ތަޢުލީމީ އަދި މަސައްކަތު ދާއިރާ ކަމުގައި ބަލާނީ މަރކެޓިންގ، މަލްޓިމީޑިއާ އަދި ކޮމިޔުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް މިދާއިރާތަކެވެ.އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ. | 
|     އިތުރު މަޢުލޫމާތު: | 
މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަމްބަރު ފޯނަށެވެ. |