ދިވެހިރާއްޖެ
(IUL)JS-A/JS/2024/171 ނަންބަރު
| އިޢުލާނު 
 | |||||||||||
| މަޤާމު: | ޕްރިންޓަރ | ||||||||||
| މަޤާމުގެ ނަންބަރު: | J-403504 | ||||||||||
| ބޭނުންވާ އަދަދު: | 01 | ||||||||||
| މަޤާމުގެ ގިންތި: | ދާއިމީ | ||||||||||
| މަޤާމުގެ ރޭންކު: | ޖީ. އެސް. 3 | ||||||||||
| މަޤާމުގެ ކްލެސިފިކޭޝަން: | އޮފިސަރ ގްރޭޑް 1 | ||||||||||
| ވަޒީފާ އަދާކުރަން ޖެހޭ ތަން: | ޖަމާލުއްދީން ސްކޫލް ، ކ. މާލެ | ||||||||||
| މުސާރަ: | 4465.00 ރުފިޔާ | ||||||||||
| ސަރވިސް އެލަވަންސް: | 1500.00 ރުފިޔާ | ||||||||||
| އެހެނިހެން އެލަވަންސް: | 
 | ||||||||||
| މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: | 1. ހަވާލު ކުރެވޭ ތަކެތި ޗާޕްކޮށް، ފޮޓޯ ކޮޕީނެގުން އަދި ޗާޕްކުރެވޭ ތަކެތީގެ އަދަދު ފޮތެއްގައި ނޯޓް ކުރުމާއި، ޗާޕް ކުރެވޭ ތަކެތި ލަސްނުކޮށް ފޮނުވަންޖެހޭ ގްރޭޑްތަކަށް ފޮނުވުން. 2. ޗާޕްކުރުމާއި ފޮޓޯކޮޕީ ބޭނުންކުރާ މެޝިނަރީއަށް ޖެހޭ މައްސަލަތައް ސްކޫލް މެނޭޖްމަންޓަށް ވަގުތުން އެންގުމާއި އެމައްސަލައެއް ހައްލުކުރުމަށް މަސައްކަތް ކުރުން. 3. ޗާޕުކުރުމުގައި ބޭނުންކުރަންޖެހޭ ކަރުދާސް، ދެލި ފަދަ ތަކެތި މަސައްކަތަށް ދަތިނުވާފަދަ ގޮތެއްގެ މަތިން ދުވަހުން ދުވަހަށް ހޯދުމާއި ހުސްވުމުގެ ކުރިން ބަޖެޓް ސެކްޝަންގައި އެތަކެއްޗަށް އެދިގެން ހޯދުން. 4. ޗާޕްކުރެވޭ ކަރުދާސްތައް އެޅުމާއި ހީރަސް ޖެހުން. 5. ކޮންމެ ދުވަހަކު ޗާޕްކުރެވޭ ތަކެތި ސްކޭން ކުރުން. 6. ޕްރިންޓިންގ ރޫމްގައި ހުންނަ މެޝިނަރީ ބަލަހައްޓާ ޕްރިންޓިންގ ރޫމް ސާފުތާހިރުކޮށް ބެލެހެއްޓުން. 7. ކޮންމެ ދުވަހަކު ޗާޕުކުރެވޭ ވާރކްޝީޓާއި އެސެސްމަންޓް ފަދަ ތަކެތި ދުވަހުން ދުވަހަށް ފައިލްކުރުން. 8. މެންދުރުކުރި ދަންފަޅީގެ ގްރޭޑްތަކުގެ ސްކީމް ކޮންމެޓާރމަކު ބައިންޑްކޮށް ހަވާލުކުރަންޖެހޭ ފަރާތްތަކާއި ހަވާލު ކުރުން. 9. ހަވާލުކުރެވޭ ދަންފަޅީގެ ގްރޭޑްތަކުގެ ޓާރމް ޓެސްޓް ނިމުމުން ޓެސްޓް ޕޭޕަރގެ އޮރިޖިނަލް، މާރކިން ސްކީމް އަދި ޓީއެސްއޯ ލީޑިންގ ޓީޗަރުން އަތުން ހޯދާ ބައިންޑްކުރުން. 10.ސްކޫލުންހިންގާޕްރޮގްރާމްތަކާއިމުހިންމުހަފްލާތަކަށްއަދިޖަލްސާތަކަށްއެހީވުމަށާއިހާޟިރުވުމަށްއަންގަވައިފިނަމަހާޟިރުވުން.އަދިމީގެއިތުރުންވެރިން އަންގަވާ މަތީގައި ދެންނެވިފައިވާ މަސައްކަތާ ގުޅުންހުރި ކަންކަން ކުރުން. 11. ހަވާލު ކުރެވޭ ތަކެތި ޗާޕްކޮށް، ފޮޓޯ ކޮޕީނެގުން އަދި ޗާޕްކުރެވޭ ތަކެތީގެ އަދަދު ފޮތެއްގައި ނޯޓް ކުރުމާއި، ޗާޕް ކުރެވޭ ތަކެތި ލަސްނުކޮށް ފޮނުވަންޖެހޭ ގްރޭޑްތަކަށް ފޮނުވުން. | ||||||||||
| މަޤާމުގެ ޝަރުޠުތައް: | 1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ 2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ޙާޞިލްކޮށްފައިވުން 
 | ||||||||||
| މަޤާމުގެ ތަޢުލީމީ ރޮނގުތައް 
 ޕްރިފަރޑް ޑިސިޕްލިންގ: ނެތް މަޤާމުގެ ކޯ ޑިސިޕްލިންތައް: ނެތް 
 | |||||||||||
| ގުޅޭ ވަޒީފާގެ ދާއިރާ/ ދާއިރާތައް: 
 | |||||||||||
| ހުށަހަޅަންޖެހޭ ލިޔުންތައް: 
 | 
 (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 6-މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". | ||||||||||
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | 
 
 | ||||||||||
| މަޤާމަށް އެދެންވީގޮތާއި ސުންގަޑި: | މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 ސެޕްޓެމްބަރު 2024 ވާ އާދީއްތަ ދުވަހު ގެ 12:00 ގެ ކުރިން، ޖަމާލުއްދީން ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. | ||||||||||
| ޝޯޓްލިސްޓުކުރުން: 
 | މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. 
 | ||||||||||
| އިންޓަރވިއު އަދި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު: | މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި އިމްތިޙާން އޮންނާނީ، 1 އޮކްޓޫބަރު އާއި 17 އޮކްޓޫބަރު 2024 އާއި ދެމެދު، ޖަމާލުއްދީން ސްކޫލް ގައެވެ. 
 | ||||||||||
| "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން | އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ދިވެހިސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. | ||||||||||
| މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3011773 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ " (https://www.csc.gov.mv/Policy/Index/51)އިން ލިބެން ހުންނާނެއެވެ. | |||||||||||
19 ސެޕްޓެމްބަރު 2024