| ވަޒީފާގެ ފުރުޞަތު (ޕާރޓް ޓައިމް ލެކްޗަރަރ، އެސޯސިއޭޓް ލެކްޗަރަރ،ސީނިއަރ ޓިއުޓަރ) | ނަންބަރު: MNU-HR/PTL/T2-2024/44 | 
| ތާރީޙް: 11 ސެޕްޓެމްބަރ 2024 | 
| އޮފީސް: | ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒް | 
| ދާއިރާ: |   Course Name: C4 in Foundation (Humanities) Subject: English Language and Study Skills II Subject Code: ENG065 Section: A01 Contact Hours:60 hours Campus: KC    | 
|           ޝަރުތުތައް: |  1. ޕާރޓް ޓައިމް ލެކްޗަރަރ މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކުރުމަށްފަހު، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އަދި މަގާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. | 
|  2. ޕާރޓް ޓައިމް އެސޯސިއޭޓް ލެކްޗަރަރ މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކުރުމަށްފަހު، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ | 
|  3. ޕާރޓް ޓައިމް ސީނިއަރ ޓިއުޓަރ މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ،މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާގެ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
 | 
|   ޢުޖޫރަ: | 
ލެވެލް 100 ނުވަތަ އެއަށްވުރެ ދަށުގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ރުފިޔާލެވެލް 200 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/225 ރުފިޔާލެވެލް 300 އަދި 400 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/275 ރުފިޔާލެވެލް 500 ނުވަތަ އެއަށްވުރެ މަތީގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/500 ރުފިޔާ މީގެ އިތުރަށް މާރކުކުރާ އެސައިންމަންޓް ތަކަށާއި، އޮންލައިން މަސައްކަތްތަކަށް އަދި އިމްތިހާން ކަރުދާސް މާރކުކުރުމަށް ހަމަޖެހިފައިވާ އުސޫލުން އުޖޫރަ ދެވޭނެއެވެ. | 
| މަޤާމުގެ މަސްއޫލިއްޔަތު: | 
ކިޔަވާދިނުމާ ގުޅޭ މަސައްކަތް. 
ޓައިމްޓޭބަލް ކުރެވިފައިވާ މިންވަރަށް ގަޑިތައް ނަގައިދިނުން.ކްލާހުގެ ހާޒިރީ ބަރާބަރަށް ( ކޮންމެ ގަޑިއަކަށް) މާރކްކޮށް ލިޔުމާއެކު އެދުވަހެއްގެ ތާރިހު ޖަހާ ފުރިހަމަކުރުން.މުޤައްރަރުގައި ކަނޑައަޅާފައިވާ ބައިތަށް ކޯސް ކޯޑިނޭޓަރުގެ މަޝްވަރާގެ މަތިން ކިޔަވައިދިނުން.   2. ބްލެންޑެޑް މޯޑަށް ކުރިއަށް ގެންދާ ކޯސްތަކުގައި އޮންލައިން ސަޕޯރޓް ދިނުން. 
ކޮންމެ ހަފްތާއަކު ދަރިވަރުން އޮންލައިންކޮށް ކުރާ މަސައްކަތްތައް، އޮންލައިން ޓިއުޓޯރިއަލްތަކަށް ލަސްވެގެން 1 ހަފްތާ (7 ދުވަސް) ތެރޭގައި ފީޑްބެކް ދިނުން.ދަރިވަރުން މޫޑުލް ގައި ކުރާ މަސައްކަތްތައް ގަވާއިދުން މޮނީޓަރކުރުން.ދަރިވަރުން މޫޑުލް އަށް އަޕްލޯރޑްކުރާ އެސައިންމަންޓަތައް މާކުކޮށް ފީޑްބެކް ދިނުން.   3. އޮންލައިން ސިސްޓަމްތައް ބޭނުންކުރުން. 
ދަރިވަރުންނަށް ފޭސްޓް ފޭސް އަދި ބްލެންޑެޑް ކުލާސްތަކުގައި ޤަވާއިދުން މޫޑުލް ބޭނުންކުރުން. އެގޮތުން ދަރިވަރުންނަށް ހަވާލުކުރެވޭ ޓިއުޓޯރިއަލް، ސަބްޖެކްޓް އައުޓްލައިން،އެސެސްމަންޓްގެ ތާވަލްތައް މޫޑުލް ޕޭޖުގައި ހިމަނާފައި ހުންނަވާނެއެވެ.ހާޟިރީ ފައިލުގައި ދަރިވަރުންގެ ހާޟިރީ މާކުކުރުމުގެ އިތުރުން ސެލްފް ސަރވިސް ޕޯޓަލް މެދުވެރިކޮށް ދަރިވަރުންގެ ހާޟިރީ މާކުކުރުން.   4. ފެންވަރު ވަޒަންކުރުން. 
މުޤައްރަރުގައިވާ ގޮތުގެ މަތިން އިމްތިހާނު ކަރުދާސް ތައްޔާރުކުރުމާއި އިމްތިހާނު ކަރުދާސް އަދި އެސައިންމެންޓްތައް އެތަކެތި މާރކްކޮށް ކަނޑައެޅިފައިވާ ތާރީޚަށް ކޯސް ކޯޑިނޭޓަރަށް ހުށަހެޅުން. އަދި ކަނޑައެޅިފައިވާ  ސުންގަޑިއަށް ދަރިވަރުންނަށް ފީޑުބެކް ދިނުން.ކިޔަވައިދެއްވާ ދަރިވަރުންގެ ތެރެއިން ރީސިޓް އަދި ރީ އެގްޒާމް ހަދަންޖެހޭ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.   | 
| އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް: | 
ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮށްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު) * ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލް އަކަށް ބަދަލުކޮށްފައެވެ. | 
| މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |  17 ސެޕްޓެމްބަރ 2024 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް     މެދުވެރިކޮށް އޮންލައިންކޮށް.  https://tinyurl.com/MNU-HR-PTL-T2-24-44   | 
|     އިތުރު މަޢުލޫމާތު: | 
މި މަޤާމުތަކަށް މީހުން ހޮވުމުގައި މާއްދާއާއި ގުޅުންހުރި ދާއިރާއަކުން ކިޔަވާދިނުމުގެ ތަޖުރިބާއާއި ހަޔަރ އެޑިއުކޭޝަންގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.މާލެއިން އެހެން ރަށްތަކަށް ވަޑައިގަންނަވާ ބޭފުޅުންގެ ކުލާސްތައް އޮންނާނީ ބުލެންޑެޑް މޯޑަށެވެ. އެއީ ފޭސްޓްފޭސް މޯޑުގެ އިތުރުން އޮންލައިން ކޮމްޕޯނަންޓެއް ހިމެނިގެންނެވެ. ކޮންމެ މާއްދާއަކަށް މަދުވެގެން 3 ދަތުރު ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ.މާލެއިން ނޫނީ އެހެން ރަށަކުން ދަތުރުކުރައްވަން ޖެހިވަޑައިގަންނަވާ ބޭފުޅުންގެ ދެކޮޅު ޓިކެޓު، ހުރުން އަދި ކެއުން ޔުނިވަރސިޓީއިން ހަމަޖައްސައިދޭނެއެވެ.ކުލާސްތައް އޮންނާނީ 2024 އަހަރުގެ އޮގަސްޓު މަހުން ފެށިގެން ނޮވެންބަރު މަހަށް ކަނޑައެޅޭ ތާވަލާ އެއްގޮތަށެވެ.މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345137 ނަންބަރު ފޯނަށެވެ. |