ދިވެހިރާއްޖެ
| މަޤާމް :ޓެކްނިކަލް ޑައިރެކްޓަރ | |
|---|---|
| ބޭނުންވާ އަދަދު :1 | |
މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އެގްޒެކްޓިވް ޑައިރެކްޓަރ މުސާރަ: - އަސާސީ މުސާރަ: -/12,935 ރުފިޔާ - ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު: -/2,700 ރުފިޔާ އިތުރު ޢިނާޔަތްތައް: - ނޮން-ޕްރެކްޓިސް އެލަވަންސް: -/4,527.25 ރުފިޔާ (އަސާސީ މުސާރައިގެ 35 އިންސައްތަ) - އިތުރުގަޑީގެ ގޮތުގައި މަހަކު: -/7,761 ރުފިޔާ (އަސާސީ މުސާރައިގެ 60 އިންސައްތަ) - ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ޕްރޮފެޝަނަލް އެލަވަންސް: -/2,587 ރުފިޔާ (އަސާސީ މުސާރައިގެ 20 އިންސައްތަ) - ކެއުމާއި ބޭސްފަރުވާ ކުރުން ޝަރުތު: - ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 09 ގެ ސަނަދެއް ހާޞިލުކޮށްފައިވުމާއިއެކު، މެނޭޖްމަންޓް ދާއިރާއިން މަދުވެގެން 06 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. - މީލާދީ ގޮތުން 18 އަހަރާއި 45 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުން، - އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާ ޙީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 05 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން، - ވޭތުވެދިޔަ 05 އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން. އިތުރު މަޢުލޫމާތު: - މި މަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތަކީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ ފަރާތެއްކަމުގައި ނުވުން. - މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން, ޕޮލިގްރަފީ ޓެސްޓް، ކުރެވޭ އިންޓަވިއު އަދި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުން. މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު: - ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯއެންފޮސްމަންޓްގެ ސްޓްރެޓެޖިކް ލަނޑުދަނޑިތަކާއި ތައުލީމާއި ތަމްރީނު ދިނުމުގެ ސިޔާސަތުގައިވާ ކަންކަން ހާޞިލްވާނެ ގޮތެއްގެ މަތިން ކޮލެޖުގެ ލަނޑުދަނޑިތަކާއި ހަރަކާތްތައް ކަނޑައަޅާ، ޕްލޭންތައް ކުރިއަށްދާގޮތް ބެލެހެއްޓުމާއި، މިކަންކަމުގައި އެގްޒެކެޓިވް ޑިރެކްޓަރއަށް އެހީތެރިކަން ދިނުން. - ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯއެންފޮސްމަންޓްގެ ބަހާތަކާއި މަޝްވަރާކޮށް ކޮލެޖަށް ބޭނުންވާ އިންސާނީ، މާލީ އަދި ފަންނީ ވަސީލަތް ހޯދުމާއި މެނޭޖް ކުރުމުގެ މަސައްކަތްތައް އެގްޒެކެޓިވް ޑިރެކްޓަރ ގެ ލަފާގެމަތިން ކުރުން. - ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯއެންފޮސްމަންޓް ހިންގުމަށާއި ކޮލެޖުން ހިންގާ ކޯސްތަކަށް ކޮންމެ އަހަރަކަށް ލަފާކުރާ ބަޖެޓް އެގްޒެކެޓިވް ޑިރެކްޓަރ އަށް ހުށަހެޅުން. - ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯއެންފޮސްމަންޓުން ހިންގާ ކޯސްތަކުގެ ފައިނޭންޝަލް އެންމެހައި ކަންކަން ބަލަހައްޓަމުންދާކަން ކަށަވަރުކުރުމާ، ކަމާއި ގުޅުންހުރި ފަރާތްތަކަށް ހިއްސާކުރާކަން ޔަގީން ކުރުން. - ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯއެންފޮސްމަންޓާއި، ކޮލެޖުގެ ތަމްރީނު މަރުކަޒުތަކަށް އިދާރީ ގޮތުންބޭނުންވާ އެންމެހާ ކަންކަމާއި ކޮލެޖުގެ މުވައްޒަފުންނާއި ކޮލެޖުގައި ކިޔަވަމުންދާ ދަރިވަރުންގެ ވެލްފެއަރ އަދި އިދާރީ ކަންތައްތައް ބަލަހައްޓަމުންދާކަން ކަށަވަރު ކުރުން. - ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯއެންފޮސްމަންޓްގެ ފަރާތުން ކުރިއަށްގެންދާ ކޯސްތަކާއި އިވެންޓްތައް ފެށުމުގެ ރަސްމިއްޔާތާއި ނިންމުމުގެ ރަސްމިއްޔާތައް ތައްޔާރު ކުރުމުގައި އިންތިޒާމްތައް ހަމަޖެއްސުން. - ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯއެންފޮސްމަންޓްގެ ކަންކަން ތަރައްޤީ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ޚިދުމަތުގެ ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން ކުރިއަށް ގެންދިއުން. - އެޑްމިނިސްޓްރޭޝަންގެ ބަހާތައް ހިނގަނީ އެއް އަމާޒެއް ހާޞިލްވާގޮތެއްގައިކަން ކަށަވަރުކުރުމާއި، ކޮލެޖުގެ މަސައްކަތްތަކާއި ގުޅޭގޮތުން މުޢާމަލާތްކޮށް، މަޝްވަރާކޮށް، ހިޔާލު ބަދަލުކުރެވޭނެ ބައްދަލުވުންތައް ބޭއްވުން. - ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯއެންފޮސްމަންޓްގެ އެންމެހާ ރިސޯސަސްތައް ރަނގަޅު ގޮތުގައި ބޭނުންހިފާތޯ ބެލުމާއި ޖަވާބުދާރީ ކުރުވުމާއި ޖަވާބުދާރީވުން. - ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯއެންފޮސްމަންޓްގެ ބަހާތަކުގެ ތެރެއިން ސީދާ ޒިންމާ އޮތް ފަރާތްތަކުގެ މަސައްކަތްތައް ސުޕަވައިޒްކުރުމާއި އެޕްރައިޒް ކުރުމާއި އެފަރާތްތަކަށް ބޭނުންވާ ސްޓްރެޓީޖިކް ގައިޑެންސްއާއި، އިރުޝާދާއި ލަފާ ދެމެހެއްޓެނިވި ގޮތެއްގައި ދެމުން ގެންދިއުން. މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް: - މެނޭޖްމަންޓްގެ ދާއިރާއިން ތަޖުރިބާއާއި ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ. ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން: ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް، އައްޑޫ ސިޓީ. ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި: ރަސްމީ ޑިއުޓީ / ދަންފަޅި ޑިއުޓީ ހުށަހަޅަންޖެހޭ ލިޔުންތައް: - ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯރޑް ބަލާ ފޯމް، - ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ، - ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)، - ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ، - ނެގިފަހުން 03 މަސް ވެފައިނުވާ އެފަރާތެއްގެ ޕާސްޕޯރޓް ސައިޒުގެ ފޮޓޯ (01 ފޮޓޯ ފޯމުގައި ތަތްކޮށްފައި)، - ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރިމީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން، - ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން. ސުންގަޑި: މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2024 ސެޕްޓެންބަރު 26 ވަނަ ދުވަހުގެ 16:00 ގެ ކުރިން ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އައްޑޫ ސިޓީ ކެމްޕަސްގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށެވެ. ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމު އަދި ކުށުގެ ރެކޯރޑް ބަލާ ފޯމް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. މިމަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަރވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ. 07 ރަބީޢުލްއައްވަލް 1446 |