ނޫސްބަޔާން
ނަންބަރު: HDFC/PR/2015/02
ޕަބްލިޝްކުރި ތާރީޚް: 31 މޭ 2015
ޕަބްލިޝްކުރި ގަޑި: 17:50
ހައުސިންގ ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން ޕލކ
ދިވެހިރާއްޖެ
ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗް.ޑީ.އެފް.ސީ)ގެ 11 ވަނަ އަހަރީ އާންމު ޖަލްސާ

ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗް.ޑީ.އެފް.ސީ) ގެ 11ވަނަ އަހަރީ ޢާންމު ޖަލްސާ 30 މޭ 2015 ވީ ހޮނިހިރު ދުވަހުގެ 11:00 ގައި ހޮޓެލް ޖެންގައި ވަނީ ބާއްވާފައެވެ.

މިފަހަރު ޢާންމު ޖަލްސާގައި ވޭތުވެދިޔަ 2014 ވަނަ އަހަރުގެ މާލީ ހިސާބުތައް ފާސްކުރުމުގެ އިތުރަށް 2015ވަނަ އަހަރުގެ ކުންފުނީގެ އެކްސްޓަރނަލް އޮޑިޓަރެއްގެ ގޮތުގައި ކޭ.ޕީ.އެމް.ޖީ ވެސް ވަނީ އައްޔަން ކޮށްފައެވެ. އަދި ހިއްސާދާރުންގެ ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް -/25ރ. ބެހުމަށް ވަނީ ފާސްކުރެވިފައެވެ.

1 ޖޫން 2015 އިން ފެށިގެން ހިއްސާދާރުންނަށް ޑިވިޑެންޑް ދޫކުރުމުގެ ކަންތައް ވަނީ ހަމަޖެހިފައެވެ. އަދި މިކުންފުނީގެ އެނުއަލް ރިޕޯޓު މިކުންފުނީގެ މައިއޮފީހުންނާއި ކުންފުނީގެ ވެބުސައިޓް www.hdfc.com.mv އިން ލިބޭގޮތަށް ހަމަޖެހިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

13 ޝަޢުބާން 1436

31 މޭ 2015