ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
| 
 ކޯޓުއޮފިސަރ  | 
 މަޤާމް:  | 
|||
| 
 ޖީ. އެސް. 3  | 
 މަޤާމުގެ ރޭންކް:  | 
|||
| 
 1 (އެކެއް)  | 
 ބޭނުންވާ އަދަދު:  | 
|||
| 
 މަހަކު -/4،465 ރުފިޔާ  | 
 މުސާރަ:  | 
|||
| 
 މަހަކު -/1،500 ރުފިޔާ  | 
 ސަރވިސް އެލަވަންސް:  | 
|||
| ޖުވެނައިލް ކޯޓު، މާލެ | މަސައްކަތް ކުރަންޖެހޭ ތަން: | |||
| ޝަރީޢަތްތަކާބެހޭ ސެކްޝަން (Jv-B1) | ސެކްޝަން: | |||
| 
 މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު؛ 1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. ނުވަތަ؛ 2. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، 2 GS ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.  | 
 މަޤާމުގެ އަސާސީ ޝަރުޠު:  | 
|||
| 
 - ކޮމްޕިއުޓަރަށް އަހުލުވެރި ފަރާތަކަށްވުމާއި، ކޮމްޕިއުޓަރުން ޓައިޕްކުރުމަށް ފަރިތަ ފަރާތަކަށްވުން. - ގިނައިރު މަސައްކަތުގައި ވަގުތު ހޭދަކުރެވޭ، ގަވައިދުން ވަޒީފާއަށް ހާޒިރުވެވޭފަދަ ޞިއްޙަތު ރަނގަޅު ފަރާތަކަށްވުން.  | 
 އެހެނިހެން ޝަރުޠު:  | 
|||
| 
 ޝަރީޢަތްތައް ކުރިއަށްދާއިރު، ޝަރީޢަތުގެ މަޖިލީހުގެ ކަންތައްތައް ބެލެހެއްޓުމާއި، ޝަރީޢަތްތަކާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.  | 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:  | 
|||
| 
 މި މަޤާމަށް ހޮވޭފަރާތަކަށް: - ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މަހަކު، މުސާރައިގެ % 40 ލިބޭނެ. - ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/2700 ރުފިޔާ ލިބޭނެ. - އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.  | 
 އުޖޫރައާއި ޢިނާޔަތްތައް:  | 
|||
| 
 މި މަޤާމަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ހުށަހެޅުމަށް އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު، މި ކޯޓަށް (މ. މާތިލައިގައި ހުންނަ) ފޯމު ހުށަހެޅުން އެދެމެވެ.  | 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
|||
| 
 11 ޖޫން 2015 ދުވަހުގެ 14:00  | 
 ސުންގަޑި:  | 
|||
| 
 - މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން އެކްރިޑެޓް ކޮށްފައިވާ ސެޓިފިކެޓެއް ހުށަހަޅާނަމަ، ސެޓިފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ. - ވަޒީފާއަށް ކުރިމަތިލާ ފަރާތުން އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުން ހުށަހަޅާނަމަ، މަޤާމުގައިވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ. - އިޢުލާނުގައިވާ ސުންގަޑި ހަމަވުމުގެ ކުރިން، ފެކުހުން ނުވަތަ އީމެއިލުން ހުށަހަޅާ ފޯމާއި ލިޔުންތައް ބަލައިގަނެވޭނެއެވެ. - ވަޒީފާއަށްއެދޭ ފޯމު މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ކޯޓުގެ ވެބްސައިޓް އެޑްރެހަކީ http://www.juvenilecourt.gov.mv އެވެ.  | 
 އިތުރު މަޢުލޫމާތު:  | 
|||
14 ޝަޢުބާން 1436