ދިވެހިރާއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސުގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.
| މަޤާމް | މެނޭޖިން ޑިރެކްޓަރ | 
| ބޭނުންވާ ޢަދަދު | 05 (ފަހެއް) | 
| އޭރިޔާ | 1- މަނިޓަރީ ޕޮލިސީ، ރިސަރޗް އެންޑް ސްޓެޓިސްޓިކްސް 2- ފައިނޭންޝަލް ސްޓެބިލިޓީ 3- ބޭންކިންގ އޮޕަރޭޝަންސް 4- ކޯޕޮރޭޓް ސަރވިސަސް 5- ފައިނޭންޝަލް ސެކްޓަރ ޑިވަލަޕްމަންޓް | 
| ތަޢުލީމީ ފެންވަރާއި ތަޖުރިބާ | މި މަޤާމަށް ބޭނުންވާ ތައުލީމީ ފެންވަރު، ތަޖްރިބާ އަދި ހުނަރު ޓަރމްސް އޮފް ރިފަރަންސް ގައި ބަޔާންކޮށްފައިވާނެއެވެ. | 
| ކުރަންޖެހޭ މަސައްކަތްތައް | މި މަޤާމުގެ މަސްއޫލިއްޔަތުތައް މި އިއުލާނާއެކު ހިމަނާފައިވާ ޓަރމްސް އޮފް ރިފަރަންސް ގައި ބަޔާންކޮށްފައިވާނެއެވެ. | 
| މުސާރަޔާއި އިނާޔަތްތައް | 50,000.00 – 55,000.00 ރުފިޔާ | 
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި:
- ހުށަހަޅަންޖެހޭ ލިޔުންތައް: - ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
- ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އެޓެސްޓް ކުރުމަށްފަހު)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
- ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް
- ސުންގަޑި: 22 އޯގަސްޓް 2024 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އަށް
ނޯޓް: ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންކުރައްވާނީ careers.mma.gov.mv މި ލިންކްގައިވާ ޕޯޓަލްއެވެ. އަދި މި ވަޒީފާތަކާ ބެހޭ އިތުރު މަޢުލޫމާތާއި ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓޭޓަސް މި ޕޯޓަލްއިން ފެނިވަޑައިގަންނަވާނެއެވެ.
މި ވަޒީފާތަކަށް ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހާޖެހިގެން އަންނަ ދުވަހުން ފެށިގެން 07 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.
މިވަޒީފާތަކަށް މީހުން ހޮވުމުގައި ބަލާނީ ތައުލީމީ ފެންވަރަށާއި މަސައްކަތު ތަޖްރިބާއަށާ އިންޓަވިއު އެސެސްމަންޓް ނަތީޖާއަށެވެ.