|
މަޤާމު: ސީނިޔަރ ޕްރޮޖެކްޓް އޮފިސަރ
|
|
މުސާރަ
|
މަހަކު -/7،035 ރުފިިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު -/2،000 ރުފިޔާ
|
|
ބޭނުންވާ ޢަދަދު
|
01
|
ސްޕެޝަލް ޑިއުޓީއެލަވަންސް
|
މުސާރައިގެ %35
|
|
ކްލެސިފިކޭޝަން
|
ސ. ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ރޭންކް
|
އެމް.އެސް.3
|
|
އޮފީސް
|
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
|
ޑިވިޜަން/ސެކްޝަން
|
ފިޝަރީޒް އިންފްރާންސްޓްރަކްޗަރ ޑިވެލޮޕްމެންޓް
|
|
މަސައްކަތްކުރަންޖެހޭތަން
|
މިނިސްޓްރީ
|
|
މަޤާމުގެ ޝަރުޠު
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޝަރުޠު ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޝަރުޠު ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޝަރުޠު ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޝަރުޠު ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޝަރުޠު ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
|
ކުރަންޖެހޭ މައިގަނޑު މަސައްކަތް
|
- ފިޝަރީޒް އިންފްރާންސްޓްރަކްޗަރ ޑިވެލޮޕްމަންޓްގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަނދުފަތި ޔުނިޓުގެ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
- ހުޅުމާލޭގައި ހުންނަ "ފެޑްސެންޓަރ" އިން ކުރަމުންދާ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
- ދޮށީގެ މަސްވެރިކަމަށް އަމާޒުކޮށް ރާއްޖޭގައި ޤާއިމްކޮށްފައިވާ 54 ކަނދުފަތީގެ ވިޔުގައިން އެކި ސަބަބުތަކާ ހުރެ ކަނޑައިގެންދާ ކަނދުފަތިތަކުގެ ރެކޯޑް، އަތޮޅު ކައުންސިލް/ ރަށު ކައުންސިލްތަކުން ފޮނުވާ މަޢުލޫމާތު ބެލެހެއްޓުން.
- ކަނދުފަތި ހެދުމާއި، ކަނޑައިގެންދާ ކަނޑުފަތިތައް އަލުން ޤާއިމުކުރުމަށް ބޭނުންވާ ތަކެތި ރާއްޖެއިންނާއި ރާއްޖޭން ބޭރުން ގެނައުމަށް، މިނިސްޓްރީގެ ޕްރޮކިއުމަންޓް ސެކްޝަން މެދުވެރިކޮށް ތަކެތި ހޯދައި، ހޯދި ތަކެތީގެ ސްޓޮކް ބެލެހެއްޓުން.
- 54 ކަނދުފަތީގެ ވިޔުގައިން އެކި ސަބަބުތަކާ ހުރެ ކަނޑައިގެންދާ ކަނދުފަތިތައް އިސްކަންދޭ ތަރުތީބުން ވީއެންމެ އަވަސް މުއްދަތެއްގައި އަލުން ޤާއިމުކުރުން.
- ކަނދުފަތި ވިޔުގައަށް އެކި ފަރާތްތަކަށްދޭ ގެއްލުން ކުޑަކުރުމަށާ، މީހުން ހޭލުންތެރިކުރުމަށް ބޭނުންވާ މެޓީރިއަލްސް ތައްޔާރުކޮށް، އާންމުކުރުން.
- އަލަށް ޤާއިމުކުރާ ކަނދުފަތިތަކުގެ ސަރަޙައްދުތައް ސަރވޭކުރުން.
- ރާއްޖޭގެ އެކިކަންކޮޅުތަކުން ކަނދުފައްޗާ ބެހޭ ގޮތުން މި މިނިސްޓްރީއަށް ހުށަހަޅާ ޝަކުވާތަކަށް ހައްލު ހޯދައި އެފަރާތްތަކަށް އަވަސް މުއްދަތެއްގައި ލިޔުމުން ޖަވާބު ދިނުން.
- ފިޝަރީޒް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓުން ބަލަހައްޓަމުންދާ ރާއްޖޭގެ އައިސްޕްލާންޓް ޤާއިމު ކޮށްފައިވާ ރަށްރަށާއި، އެޕްލާންޓްތަކުގެ ކެޕޭސިޓީއާއި އިތުރަށް އައިސްޕްލާންޓް ޤާއިމު ކުރުމަށް ބޭނުންވާ ރަށްތައް ދެނެގަތުމުގެ މަސައްކަތްކުރުން.
|
|
ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ލިބިފައިވާ ތަޢުލީމާއި، ތަމްރީން
- މަސްވެރިކަމުގެ ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު
- ކަނޑުމަތީގައި ގިނަވަގުތު މަސައްކަތްކުރުމުގެ ޤާބިލުކަން ލިވިފައިވާ މިންވަރު
- ކެމިކަލް އެކްސްޕޯސްވާ މާހައުލެއްގައި މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފަިއވާ މިންވަރު
- ސިވިލް ސާރވިސް ގަވާއިދާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް އަހުލުވެރި މިންވަރު.
|
|
ޢިނާޔަތްތައް
|
- ސިވިލް ސާރވިސް ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން
- އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ) (ނަމަވެސް ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައ ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައް އެކްރިޑިޓްކޮށްފައި ނުވި ނަމަވެސް ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެ.)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ) ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)
- މަސައްކަތު ތަޖުރިބާ ލިބިފައިވާނަމަ، މަސައްކަތު ތަޖުރިބާ ލިބިފައިވާ ކަމުގެ ލިޔުން.
- ސިވިލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- މަތީގައިވާ މަގާމަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ސޯޓް ލިސްޓް ކުރެވޭ ފަރާތަކަށެވެ.
|
|
މަޤާމަށް މީހުން ހޮވުމުގައި ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިޙާނު ކުރުން
|
މި މަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި، އިމްތިޙާނުކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޮންނާނެއެވެ.
|
| ސުންގަޑި: |
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 07 ޖޫން 2015 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި މިނިސްޓްރީއަށް ވަޒީފާއަށްއެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ. |
| އިތުރު މަޢުލޫމާތު: |
އެޕްލިކޭޝަންފޯމުލިބެން ހުންނާނީ މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv އިންނެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339244 އާ ގުޅުއްވުން އެދެމެވެ.
|