ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)28-CM-1/1/2024/118
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި:
03 އޮކްޓޫބަރު 2024 00:59
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދިވެހިރާއްޖެ އަށް ކެމިކަލް އެތެރެކުރާ ފަރާތްތަކުން އެތެރެކުރާ ކެމިކަލް ވިއްކުމާގުޅޭ
އިޢުލާން
ދިވެހިރާއްޖެ އަށް ކެމިކަލް އެތެރެކުރާ ފަރާތްތަކުން އެތެރެކުރާ ކެމިކަލް ވިއްކުމާގުޅޭ
ގަވާއިދު ނަންބަރު 2019/R-1057 (ނުރައްކާތެރި ކެމިކަލާއިބެހޭ ގަވާއިދު 2019) ގެ 7 ވަނަ މާއްދާ ދަށުން (ބ) ގެ ދަށުން، ކެމިކަލް ވިއްކާ ފަރާތްތަކުން ކެމިކަލް ވިއްކާގޮތުގެ ތަފްސީލް މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ ފޯމާއި އެއްގޮތަށް ބަލަހައްޓަން ވާނެއެވެ. އަދި މި ގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން މި ރިކޯޑުތަކުގެ ކޮޕީ ހިމެނޭ ރިޕޯޓެއް ކޮންމެ 6 މަހަކުން އެއްފަހަރު މިނިސްޓްރީ އަށް ފޮނުވަންވާނެއެވެ.
ވީމާ، ދިވެހިރާއްޖެ އަށް ކެމިކަލް އެތެރެކޮށް ވިއްކާ ފަރާތްތަކުން، ވިއްކާ ކެމިކަލްގެ މައުލޫމާތު ހިމެނޭ ރިޕޯޓް މިއަދުން ފެށިގެން 60 ދުވަހުގެ ތެރޭގައި މި މިނިސްޓްރީ އަށް ހުށަހެޅުމަށް ދެންނެވީމެވެ.
04 އޮގަސްޓް 2024