| މަޤާމް: | ކޮމްޕިއުޓަރ ޕްރޮގްރާމަރ | 
| ބޭނުންވާ އަދަދު | 1 (އެކެއް) | މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1 | ރޭންކް:  MS1 | 
| މުސާރަ | މަހަކު -/5،610 ރުފިޔާ | 
| ސަރވިސް އެލަވަންސް | މަހަކު -/2،000 ރުފިޔާ | 
| ރިސްކް އެލަވަންސް: | -/75 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް) | 
| ޑިޕާޓްމަންޓް /ސެކްޝަން | އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ | 
|   ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް | 
ކިއު ސިސްޓަމުގެ ޓޯކަން ޕްރިންޓިންގ ރޯލް ހުސްވުމުން، އާ ރޯލް ލައްވަން ދިއުމާއި، ކިއު ބޯޑްތައް ހަރުކުރުން.ކޮމްޕިއުޓަރުތަކާއި، ކޮމްޕިއުޓަރާ ގުޅުންހުރި ހާރޑްވެއަރތަކުގެ އިންވެންޓްރީ ނަގައި އަޕްޑޭޓްކޮށް ބެލެހެއްޓުން.ޑީ. އެން. އެސް. ސާރވަރގެ ބައެއް ކަންތައްތައް ބެލެހެއްޓުން. މީގެ ތެރޭގައި، ކޮމްޕިއުޓަރ އައި.ޕީ ލިސްޓް ބެލެހެއްޓުމާއި އަޕްޑޭޓްކުރުމާއި، މީގެ އިތރުން ދިމާވާ މައްސަލަތައް ޙައްލުކުރުންވެސް ހިމެނެއެވެ.ކޮމްޕިއުޓަރތަކަށް އެންޓި ވައިރަސް ސޮފްޓްވެއަރ އިންސްޓޯލްކުރުމާއި އަޕްޑޭޓްކޮށް ބެލެހެއްޓުން.ސާރވަރއާއި ސްވިޗްތަކުގެ ސްޓޭޓަސް ބެލުމާއި، ޖެހޭ މައްސަލަތައް ރިޕޯޓްކޮށް ޙައްލުކުރުން. | 
|   ތަޢުލީމާއި ތަޖުރިބާ: | 
މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. | 
|   މި މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް | 
ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން (މިގޮތުން، މި މަސައްކަތް ކުރުމުގެ ޖިސްމާނީ ޤާބިލްކަން ހުރިވަރު ބެލޭނެއެވެ.)(މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަރވިއުއަށް ކިޔާނީ ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓް ލިސްޓު ކުރުމަށްފަހުގައެވެ.) | 
|           ހުށަހަޅަންޖެހޭ ލިޔުންތައް       | 
މި  މަޤާމުތަކަށް  އެދޭ  ފަރާތްތަކުން  ހުށަހަޅަންޖެހޭ  އެޕްލިކޭޝަން  ފޯމު (ވަޒީފާއަށް  އެދޭ  ފޯމު،  މި ހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ރިސެޕްޝަން ކައުންޓަރުން ލިބެން ހުންނާނެއެެވެ. އަދި މި ހޮސްޕިޓަލުގެ ވެބްސައިޓުން (www.igmh.gov.mv ން) ފޯމު ޑައުންލޯޑު ކުރެވޭނެއެވެ.)ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ.ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީން ޕްރޮގްރާމުތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.ލެވެލް ކަނޑައެޅިފައިވާ ސެޓްފިކެޓް ބޭނުންވާ މަޤާމުތަކަށް ހުށަހަޅާއިރު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ހުށަހަޅަންވާނެވެ.ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ނިމުނުކަމުގެ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެސެސްމަންޓް ރިޕޯޓު ހުށަހަޅަންވާނެއެވެ.ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.ސިވިލް ސަރވިސްގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކުން އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި، ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވުން)ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެއެވެ. ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލު ކުރެވޭނެއެވެ. | 
| ޢިނާޔަތްތައް | ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. | 
| ފޯމް ބަލައިގަތުމާއި ދޫކުރުން | 2015 މޭ 28 ވާ ބުރާސްފަތި ދުވަހުން ފެށިގެން، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08.30 ން މެންދުރުފަހު 14.30 އަށް. | 
| ސުންގަޑި | 2015 ޖޫން 7 ވާ އާދީއްތަ ދުވަހުގެ 14.30 ގެ ކުރިން، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލަށް. 2015 ޖޫން 7 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ. | 
| އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން |   2015 ވަނަ އަހަރުގެ ޖޫންމަހާއި ޖުލައިމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި. | 
| އިތުރު މަޢުލޫމާތު | މަޢުލޫމާތު ސާފުކުރަން ގުޅާނީ 3335234 ނަންބަރު ފޯނަށެވެ. | 
| 7 ޝަޢުބާން 1436 |