|
މަޤާމު: ގްރެފިކް ޑިޒައިނަރ (ވަގުތީ)
|
|
ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
|
ރޭންކް:
|
އެމް.އެސް 1
|
|
ބޭނުންވާ އަދަދު:
|
01
|
|
މުސާރަ: މަހަކު -/5,610 ރުފިޔާ
|
ސަރވިސް އެލަވަންސް: މަހަކު -/2,000 ރުފިޔާ
|
|
ވަޒީފާ އަދާކުރަންޖެހޭ އޮފީސް/ ސެކްޝަން/ ތަން
|
މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ މިނިވަން ރަންޔޫބީލް އޮފީސް/ މާލެ
|
|
އަސާސީ ޝަރުޠު:
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެތެރޭގައި މަލްޓިމީޑިޔާ ދާއިރާގެ ސެޓުފިކެޓު ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެތެރޭގައި މަލްޓިމީޑިޔާ ދާއިރާގެ ސެޓުފިކެޓު ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ،
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެތެރޭގައި މަލްޓިމީޑިޔާ ދާއިރާގެ ސެޓުފިކެޓު ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
- ގްރެފިކް ޑިޒައިން ސޮފްޓްވެއަރ ބޭނުންކޮށްގެން ޕޯސްޓަރފަދަ ތަކެތި ތައްޔާރުކުރުމާއި، އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ވެރިން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން.
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ގްރެފިކް ޑިޒައިނިންގ، އޮޓޯކޭޑް، ކޮރަލްޑްރޯ، ފޮޓޯޝޮޕް، ސްޕްރެޑްޝީޓް ބޭނުންކުރަން އެނގުން
- ދިވެހި އަދި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން
- މިމަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން
|
|
މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)
|
|
ކްލެސިފިކޭޝަން:
|
އޮފިސަރ ގްރޭޑް 1
|
|
ރޭންކް:
|
ޖީ.އެސް 3
|
|
ބޭނުންވާ އަދަދު:
|
14
|
|
މުސާރަ: މަހަކު -/4,465 ރުފިޔާ
|
ސަރވިސް އެލަވަންސް: މަހަކު -/1,500 ރުފިޔާ
|
|
ވަޒީފާ އަދާކުރަންޖެހޭ އޮފީސް/ ސެކްޝަން/ ތަން
|
މިނިސްޓްރީ އޮފް ހޯމް އެފެއާޒް/ މިނިވަން ރަންޔޫބީލް އޮފީސް/ މާލެ
|
|
އަސާސީ ޝަރުޠު:
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެތެރޭގައި އޮފީސް އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ދާއިރާގެ ސެޓުފިކެޓުތައް ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
- މިނިވަން ފަންސާހާ ގުޅިގެން ރޭވިފައިވާ އިވެންޓްތަކާ ގުޅޭގޮތުން އިވެންޓް ޑައިރެކްޓަރުން ހަވާލުކުރާ މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުން.
- އިވެންޓްތަކާ ގުޅިގެން އަތޮޅުތެރޭގެ ރަށްރަށަށް ގޮސް މަސައްކަތް ކުރުން.
- އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ވެރިން އަންގާ އެހެނިހެން މަސައްކަތް ކުރުން.
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ދިވެހި އަދި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން
- ދިވެހި އަދި އިނގިރޭސިބަހުން ޓައިޕްކުރަން އެނގުން
- މައިކްރޯސްފޮޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.
|
|
މަޤާމު: އޮފީސް އެސިސްޓެންޓް (ވަގުތީ)
|
|
ކްލެސިފިކޭޝަން:
|
ސަޕޯޓް ސްޓާފް ގްރޭޑް 2
|
|
ރޭންކް:
|
އެސް.އެސް 2
|
|
ބޭނުންވާ އަދަދު:
|
1
|
|
މުސާރަ: މަހަކު -/3,470 ރުފިޔާ
|
ސަރވިސް އެލަވަންސް: މަހަކު -/1,000 ރުފިޔާ
|
|
ވަޒީފާ އަދާކުރަންޖެހޭ އޮފީސް/ ސެކްޝަން/ ތަން
|
މިނިސްޓްރީ އޮފް ހޯމް އެފެއާޒް/ މިނިވަން ރަންޔޫބީލް އޮފީސް/ މާލެ
|
|
އަސާސީ ޝަރުޠު:
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން.
މީގެތެރޭގައި ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތް ކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.
|
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
މިނިވަން 50 އޮފީހުން އެކި ފަރާތްތަކަށް ހަވާލުކުރަންޖެހޭ ތަކެތި ހަވާލުކުރުމާއި، އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ވެރިން އަންގާ އެހެނިހެން މަސައްކަތް ކުރުން.
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން
|
|
މަޤާމު: މަސައްކަތު (ވަގުތީ)
|
|
ކްލެސިފިކޭޝަން:
|
ސަޕޯޓް ސްޓާފް ގްރޭޑް 1
|
|
ރޭންކް:
|
އެސް.އެސް 1
|
|
ބޭނުންވާ އަދަދު:
|
2
|
|
މުސާރަ: މަހަކު -/3,100 ރުފިޔާ
|
ސަރވިސް އެލަވަންސް: މަހަކު -/1,000 ރުފިޔާ
|
|
ވަޒީފާ އަދާކުރަންޖެހޭ އޮފީސް/ ސެކްޝަން/ ތަން
|
މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ މިނިވަން ރަންޔޫބީލް އޮފީސް/ މާލެ
|
|
އަސާސީ ޝަރުޠު:
|
ލިޔަންކިޔަން ދަތުމާއެކު މަަަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.
|
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
- ކޮންމެ ދުވަހަކުވެސް އޮފީސް ފޮޅައި ސާފުކުރުން
- އޮފީހުގެ ފާޚާނާއާއި ސައިކޮޓަރި ސާފުކޮށް ބެލެހެއްޓުން
- އެކިއެކި ބައްދަލުވުމަށް ބޭނުންވާ ސައިގެ ކަންތައްތައް ހަމަޖެއްސުން
- އަދި އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ވެރިން އަންގާ އެހެނިހެން މަސައްކަތް ކުރުން
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.
|
|
އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚާއި ތަން:
|
14 ޖޫން 2015 ން 30 ޖޫން 2015 އަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒް (ވެލާނާގޭގެ 10 ވަނަ ފަންގިފިލާ) ގައި.
|
|
އިތުރު މަޢުލޫމާތު:
|
- މިމަޤާމުތަކަށް ހޮވޭ މުވައްޒަފުން ޚިދުމަތްކުރަންޖެހޭ މުއްދަތަކީ 2016 ވަނަ އަހަރުގެ ޖަނަވަރީމަހުގެ ނިޔަލަށެވެ. އަދި މި މުއްދަތުގެ ކުރިން މަސައްކަތްތައް ނިމިއްޖެނަމަ، މި މަޤާމުތަކަށް ހޮވޭ ފަރާތްތަކާމެދު ވެވިފައިވާ އެއްބަސްވުން އުވާލެވޭނެއެވެ.
- މި މަޤާމުތަކަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، 20 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
- އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަސްލުތަކާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313325، 3323820 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
|
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ފުރިހަމަ ކުރެވިފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ކައުންޓަރުންނާއި މި މިނިސްޓްރީގެ ވެބްސައިޓް www.homeaffairs.gov.mv އިން ލިބެން ހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
|
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
08 ޖޫން 2015 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ކައުންޓަރަށް.
|