ނީލަން
                	
                ނަންބަރު: (IUL)308/2024/35
                    ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2024
                    ޕަބްލިޝްކުރި ގަޑި:  09:05
                                            ސުންގަޑި: 
                            18 އޮގަސްޓް 2024 14:00
                        
                    
                މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ސިޓީލާ ނީލަމުގައި ތަކެތި ވިއްކުން
                                މިކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ދަގަނޑު ދެ ތާންގީ އާއި ދެ ޗިލަރ ކޮންޓެއިނަރ ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.
މުޙިއްމު ނުކުތާތައް
- ނީލަން ދެމި އޮންނާނީ މިއަދުން ފެށިގެން 2024 އޮގަސްޓް 18 ވާ އާދީއްތަ ދުވަހުގެ 14:00ގެ ނިޔަލަށެވެ.
- ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން އަގު ޖައްސަވައި، ސިޓީ ހުށަހަޅުއްވާނީ މިކައުންސިލްގެ ކައުންޓަރަށެވެ. ސިޓީ އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected] އަށެވެ.
- ހުށަހަޅުއްވާ ސިޓީގައި އަގު ހުށަހަޅުއްވާ އައިޓަމްގެ ނަންބަރު ޖައްސަވަންވާނެއެވެ.
- އެއް ސިޓީ އަކުން، ހަތަރު އައިޓަމަށް އަގު ހުށަހެޅިދާނެއެވެ.
- ކޮންމެ ދުވަހަކުވެސް ހުށަހަޅުއްވާ އަގަކީ، ކުރީ ދުވަހު އިޢުލާންކުރި އަގަށްވުރެ ބޮޑު އަގަކަށް ވާންވާނެއެވެ.
- ނީލަމަށް އަގު ހުށަހަޅުއްވާނީ ދިވެހި ރުފިޔާއިންނެވެ.
- 2024 ޖުލައި 21 ވަނަ ދުވަހުން ފެށިގެން 2024 އޮގަސްޓް 18 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 ގައި، އެދުވަހެއްގައި ހުށަހަޅާފައިވާ އެންމެ މަތީ އަގު އިޢުލާންކުރާނެއެވެ. މި އިޢުލާން ފެންނާން ހުންނާނީ މިކައުންސިލްގެ ފޭސްބުކް ޕޭޖުންނާއި ޓެލެގްރާމް ޗެނަލުންނެވެ.
- ފޭސްބުކް ޕޭޖް: https://www.facebook.com/Maduvvareeoffice/
- ޓެލެގްރާމް ޗެނަލް: https://t.me/RaaMaduvvareeCouncil
- އަގު ހުށަހަޅުއްވާ ފަރާތްތަކުން ބަންދުނޫން ކޮންމެ ދުވަހެއްގެ 13:30ގެ ކުރިން ސިޓީ ހުށަހަޅުއްވަންވާނެއެވެ. 13:30ގެ ފަހުން ހުށަހަޅުއްވާ ސީޓީގައިވާ އަގު ހިމަނާނީ ޖެހިގެން އަންނަ ދުވަހުގެ އިޢުލާނުގައެވެ.
- ނީލަމުގައި ވިއްކުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވާލަން ބޭނުންފުޅުވާ ފަރާތްތަކުން މިތަކެތި ހުރި ސައިޓަށް ވަޑައިގެން އެތަކެތި ބެލުމުގެ ފުރުޞަތު އޮންނާނެއެވެ.
- ނީލަމުގައި ވިއްކާލާ ތަކެތީގެ ފޮޓޯ މި އިޢުލާނުގެ އެނެކްސް 1، އެނެކްސް 2 އަދި އެނެކްސް 3 ގައި ހިމެނިފައިވާނެއެވެ.
- ނީލާން ކާމިޔާބު ކުރައްވާ ފަރާތްތަކުން، ނީލަމުގެ މުއްދަތު ހަމަވާތާ 30 ދުވަހުގެތެރޭގައި ތަކެތި ހުރި ސަތިޓުތަކުން ތަކެތި ނަގައި ގެންދަންވާނެއެވެ.
| ނީލަމުގެ ތަފްޞީލް | |||
| އައިޓަމް ނަންބަރު | ތަކެތީ | ފެށޭ އަގު | ނީލަމުގެ އަގަށް އިތުރުކުރެވޭ މަދު މިންވަރު | 
| 1 | 42،000.00 (ސާޅީސްދެހާސް) ލީޓަރުގެ ދަގަނޑު ތާންގީ | 5000.00 (ފަސްހާސް) ރުފިޔާ | 500.00 (ފަސްސަތޭކަ) ރުފިޔާ | 
| 2 | 3600.00 (ތިންހާސް ހަސަތޭކަ) ލީޓަރުގެ ދަގަނޑު ތާންގީ | 500.00 (ފަސްސަތޭކަ) ރުފިޔާ | 100.00 (ސަތޭކަ) ރުފިޔާ | 
| 3 | 20 ފޫޓުގެ ޗިލަރ ކޮންޓެއިނަރ | 10،000.00 (ދިހަހާސް) ރުފިޔާ | 1000.00 (އެއްހާސް) ރުފިޔާ | 
| 4 | 20 ފޫޓުގެ ޗިލަރ ކޮންޓެއިނަރ | 10،000.00 (ދިހަހާސް) ރުފިޔާ | 1000.00 (އެއްހާސް) ރުފިޔާ | 
މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.
                18 ޖުލައި 2024