މަސައްކަތް
ނަންބަރު: RS/IUL/2015/58
ޕަބްލިޝްކުރި ތާރީޚް: 24 މޭ 2015
ޕަބްލިޝްކުރި ގަޑި: 11:45
ސުންގަޑި: 28 މޭ 2015 11:00
ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
ދިދަ ފަހައިދޭނެ ފަރާތެއް ހޯދުން

މި ސްކޫލުގެ ދިދަ ފަހައިދޭނެ ފަރާތެއް ހޯދުން

މި ސްކޫލުން ދޭ ނަމޫނާއާ އެއްގޮތަށް ސްކޫލުގެ ދިދަ ފަހަން ބޭނުންވެއްޖެއެވެ. ވީމާ، ދިދަ ފެހުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ އޮފީހަށް ވަޑައިގެންނެވުމަށް ދެންނެވީމެވެ. އަދި 04 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އަންދާސީހިސާބު މި ސްކޫލުގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3359901 ނަންބަރު ފޯނާއެވެ.

06 ޝަޢުބާން 1436

24 މޭ 2015