މަސައްކަތް
ނަންބަރު: (IUL)23-AP/23/2015/122
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2015
ޕަބްލިޝްކުރި ގަޑި: 11:21
ސުންގަޑި: 02 ޖޫން 2015 14:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

ކ. މާފުށީ ހެލްތު ސެންޓަރުގެ އެކްސްޓެންޝަން އިމާރާތުގައި ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 ޖޫން 02 ވާ އަންގާރަ ދުވަހުގެ 14:00އަށް ކ. މާފުށީ ހެލްތު ސެންޓަރަށް އަދި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖޫން 9 ވާ ހޯމަ ދުވަހުގެ 14:00 އަށް ކ. މާފުށީ ހެލްތު ސެންޓަރަށް އަދި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

02 ޝަޢުބާން 1436       

21 މޭ 2015