ދިވެހިރާއްޖެ
ފަރުނީޗަރ ގަތުމަށް ބޭނުންވެއްޖެ
މިމިނިސްޓްރީގެ ނަންބަރު: IUL)22-PU/1/2015/121) އިޢުލާނާ ގުޅިގެން ތިރީގައި މިދަންނަވާ ފަރުނީޗަރަށް ބިޑް ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެތަކެތި ގަތުމަށް އަލުން އިޢުލާން ކުރީމެވެ.
400 ޕްރައިމަރީ ޑެސްކު (ރާއްޖޭގައިޖަހާ)
500 ސެކަންޑަރީ ޑެސްކު (ރާއްޖޭގައިޖަހާ)
ވީމާ، މިތަކެތި ވިއްކެއުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
|
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
|
25 މޭ 2015 (ހޯމަ) ދުވަހުގެ 10:00 އަށް |
28 މޭ 2015 (ބުރާސްފަތި) ދުވަހުގެ 10:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341403 ނަންބަރު ފޯނާއެވެ.
01 ޝަޢުބާން 1436