ދިވެހިރާއްޖެ
މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
ވީމާ މި ބީލަމުގައި ބައިވެރިވާން ޝަވްޤުވެރިވާ ފަރާތްތަކުން 04 ޖުލައި 2024 އިން 15 ޖުލައި 2024 އަށް ކޮންމެ ދުވަހަކު އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
ރަޖިސްޓްރީ ކުރެއްވުމަށް: ކުންފުނި/ ފަރާތުގެ ނަން، ގުޅޭނެ ފަރާތުގެ ނަމާއި ކޮންޓެކްޓް ނަންބަރު ހިމަނުއްވައި ތިރީގައިވާ އެޑްރެހަށް މެއިލް ކުރެއްވުމުން ރަޖިސްޓްރީ ކުރެވޭނެއެވެ. ( ([email protected] ނުވަތަ 6888626 އަށް ގުޅުއްވައިގެން ނުވަތަ ސްކޫލަށް ވަޑައިގެންވެސް ރަޖިސްޓްރީ ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
މި ބީލަމާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ 16 ޖުލައި 2024 ވާ އަންގާރަ ދުވަހުގެ ކުރިން މިސްކޫލަށް މެއިލް ކުރެއްވުން އެދެމެވެ.
| 
 #  | 
 ތަފްސީލް  | 
 ތާރީޚް  | 
 ގަޑި  | 
| 
 1  | 
 ރަޖިސްޓްރީ ކުރެއްވުން  | 
 04 ޖުލައި 2024 އިން 15 ޖުލައި 2024  | 
 ހެނދުނު 08:00 އިން މެންދުރު 14:00 އަށް  | 
| 
 2  | 
 ބީލަން ހުށަހެޅުން  | 
 25 ޖުލައި 2024 (ބުރާސްފަތި)  | 
 މެންދުރު 13:00  |