ދިވެހިރާއްޖެ
އިޢުލާން
ތިރީގައިވާ ގޯތި ތަކަކީ ތިނަދޫގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތައް ކަމުގައި ވިޔަސް މި ގޯތި ތަކަކީ ގިނަ ދުވަސްތަކެއް ވަންދެން ސާފުނުކޮށް އިންފާރުނުރާނާ ވަރަށް ބޮޑަށް ވައުވެފައިވާ ގޯތިތަކެއްކަން ކައުންސިލަށް ފާހަގަ ކުރެވެއެވެ. އަދި އެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް މި ގޯތިތަކުގެ ސަބަބުން އުދަނގޫ ވެގެން މި ކަމުގެ ޝަކުވާ މި ކައުންސިލަށް ކެނޑިނޭޅި ލިބެމުންދާކަން ފާހަގަކުރަމެވެ. ވުމާއެކު މި ގޯތިތަކުގެ ވިނަ ނޮޅައި ގޯތި ސާފުކޮށް އިންފާރުރާނާފައި ބޭއްވުމަށް މި ގޯތިތައް ޙަވާލު ކޮށްފައިވާ ފަރާތްތަކަށް އަންގަމެވެ. އަދި މިއަދު 25 ޖޫން 2024 އިން ފެށިގެން 07 ދުވަހުގެ ތެރޭގައި މި ގޯތިތައް ސާފު ނުކޮށްފިނަމަ ތިޔަ ފަރާތުން މި ގޯތިތައް ވަކިކުރުމުގެ ޢަމަލީ މަސައްކަތްތައް މި ކައުންސިލުން ކުރާނެ ވާހަކަ ވެސް ދަންނަވަމެވެ. މި ދެންނެވި ގޯތިތަކުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.
ބްލޮކް ނަމްބަރ P-06
| 
 ގޯތީގެ ނަން  | 
 ގޯތީގެ ނަމްބަރ  | 
 ގޯތި ދޫކޮށްފައިވާ ފަރާތުގެ ނަން  | 
 ގޯތި ދޫކޮށްފައިވާ ފަރާތުގެ ދާއިމީ އެޑްރެސް  | 
| 
 ޒާރާ  | 
 P-06/01  | 
 ޙަސަން ޢަލީ ދީދީ  | 
 މަގުމަތީގެ / ގދ. ތިނަދޫ  | 
| 
 އަބުހަރީވިލާ  | 
 P-06/04  | 
 އާސިޔަތު އަބޫބަކުރު  | 
 މޮޑަންހައުސް / ގދ. ތިނަދޫ  | 
| 
 ބަރުތީލަ  | 
 P-06/09  | 
 އިސްމާއިލް ނަސީރު  | 
 ވައިލެޓްވިލާ / ގދ. ތިނަދޫ  | 
މިހެންވެ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
24 ޛުލްޙިއްޖާ 1445