ވަޒީފާގެ ފުރުޞަތު
ނަންބަރު: 171-WPM/IUL/2024/92
ޕަބްލިޝްކުރި ތާރީޚް: 10 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 15:33
ސުންގަޑި: 08 ޖުލައި 2024 16:00
ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެޑްމިނިސްޓްރޭޓީވް ޑިރެކްޓަރ
ބޭނުންވާ އަދަދު :1

މަޤާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ ޖެނެރަލް

މުސާރަ: 

- އަސާސީ މުސާރަ:  -/10,835 ރުފިޔާ

- ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު: -/2,700 ރުފިޔާ

އިތުރު ޢިނާޔަތްތައް:

- ނޮން-ޕްރެކްޓިސް އެލަވަންސް: -/3,792.25 ރުފިޔާ (އަސާސީ މުސާރައިގެ %35)

- އިތުރުގަޑީގައި މަސައްކަތް ކުރަން ޖެހިގެން މަސައްކަތް ކޮށްފިނަމަ ގިނަވަގެން މަހަކު: -/6,501.00 ރުފިޔާ (އަސާސީ މުސާރައިގެ %60)

ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ޕްރޮފެޝަނަލް އެލަވަންސް -/2,167 ރުފިޔާ (އަސާސީ މުސާރައިގެ 20%) 

- ކެއުމާއި ބޭސްފަރުވާ ކުރުން

ޝަރުތު:

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 09 ގެ ސަނަދެއް ހާޞިލުކޮށްފައިވުމާއިއެކު، މަސައްކަތާއި ގުޅުންހުރި ދާއިރާއިން މަދުވެގެން 06 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- މީލާދީ ގޮތުން 18 އަހަރު ފުރިފައިވާ ފަރާތެއް ކަމުގައިވުން.

- އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާ ޙީލަތް، މަސްތުވާ ތެކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން.

- ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު: 

- ޕޮލިސީ ލެވެލްގައި ނިންމާ ނިންމުންތައް ނިންމުމުގައި ޑިޕާރޓްމަންޓްގެ ފަރާތުން ހުށަހަޅަން ޕޮލިސީ ޑިސިޝަން އަށް ހުށަހަޅަންޖެހޭ ކަންކަން ހުށަހެޅުމުގެ އެންމެހައި ކަންކަން ރާވާ ހިންގުމާއި ، ޚިދުމަތުގެ ތަރައްޤީއަށް ކުރަންހުރި ކަންކަން ރާވައި ހިންގައި އެކަންކަން ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުމާއި އެކަން ހިންގާތޯ ޔަގީންކުރުން.

- ޚިދުމަތުގައި ކުރެވޭ ދިރާސާތައް ކުރުމަށް ބެނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދީ އަދި ދިރާސާތަކާއި ހޯދުންތަކުގެ އަރުޝީފް ބެލެހެއްޓުން.

- މިޚިދުމަތުގެ ހިންގުމުމަށް ގާނޫނުތަކުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް މިޚިދުމަތް ހިނގާތޯ ބެލުމާއި، މިޚިދުމަތުގެ ތަރައްޤީއަށް ކުރަންހުރި ކަންކަން ރާވައި ހިންގައި އެކަންކަން ބެލެހެއްޓުން، އަދި ޕޮލިސީ/ ސްޓްރެޓެޖިކް ޕްލޭންތަކަށް ރިޢާޔަތްކޮށް އެއާއި އެއްގޮތްވާގޮތުގެ މަތިން އެކްޝަން ޕްލޭން ހަދާ އެޕްލޭންނާއި އެއްގޮތަށް މަސައްކަތްތައް ކުރިޔަށްދޭތޯ ބަލައި ކަށަވަރުކުރުން.

- މިޚިދުމަތުގެ ބޭނުމަށް އެކުލަވާލަންޖެހޭ ޤަވާއިދުތަކާއި އުސޫލުތައް އަދި އެނޫންވެސް މިންގަނޑުތައް އެކަށައަޅައި އޮންނަ ހަމަތަކުގެ މަތިން ކުރިއަށް ރާވާ ހިންގުން.

އިތުރު މަޢުލޫމާތު:

- މި މަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތަކީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ ފަރާތެއް ކަމުގައި ނުވުން.

- މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން, ޕޮލިގްރަފީ ޓެސްޓް، ކުރެވޭ އިންޓަވިއު އަދި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުން.

މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް:

- ގަވަރނަންސް އަދި މެނޭޖްމަންޓްގެ ދާއިރާއިން ތަޖުރިބާއާއި ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން:  

- މާލެ

ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި: ރަސްމީ ޑީއުޓީ / ދަންފަޅި ޑިއުޓީ

ހުށަހަޅަންޖެހޭ ލިޔުންތައް:

- ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯރޑް ބަލާ ފޯމް،

- ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ،

- ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)،

- ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ،

- ނެގިފަހުން 3 މަސް ވެފައިނުވާ އެފަރާތެއްގެ ޕާސްޕޯރޓް ސައިޒުގެ ފޮޓޯ (1 ފޮޓޯ ފޯމުގައި ތަތްކޮށްފައި)،

- ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރިމީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން،

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން.

ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2024 ޖުލައި 08 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ހުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށެވެ.

ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމު އަދި ކުށުގެ ރެކޯރޑް ބަލާ ފޯމް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.

މިމަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަރވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ.

04 ދުލްޙިއްޖާ 1445

10 ޖޫން 2024