ބީލަން
                	
                ނަންބަރު: (IUL)322/322/2024/83
                    ޕަބްލިޝްކުރި ތާރީޚް: 10 ޖޫން 2024
                    ޕަބްލިޝްކުރި ގަޑި:  14:08
                                            ސުންގަޑި: 
                            27 ޖޫން 2024 13:00
                        
                    
                މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
މިރަށު ބޯޅަދަނޑު ސަރަޙައްދާއި ޤަބުރުސްތާނު ނޮޅުމުގެ މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު
                                - މިރަށު ބޯޅަދަނޑު ސަރަޙައްދާއި ޤަބުރުސްތާނު ނޮޅަން ބޭނުންވެގެން ކުރި މިއިދާރާގެ ނަންބަރު: (IUL)322-EP/322/2024/61 (09 މެއި 2024) އާއި (IUL)322/322/2024/71 (26 މެއި 2024) އިޢުލާނުގައި ތަޖުރިބާއަށް މާރކްސް ދެވޭނެ ކްރައިޓީރިޔާއެއް ހިމެނިފައި ނުވާތީ، މި ދެ އިޢުލާން ބާޠިލުކޮށް އެފުރުޞަތު އަލުން ހުޅުވާލަމެވެ.
 - މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 23 ޖޫން 2024 ން 25 ޖޫން 2024 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ބިޑުގައި ބައިވެރިވެވޭނީ ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅާ ފަރާތްތަކަށެވެ.
 - ބިޑްގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމާއި، މަޢުލޫމާތު ޝީޓު އަދި އަންދާސީ ހިސާބު ހުށައަޅާ ފޯމް، މިއިޢުލާނާއެކު ގެޒެޓްގައި ހިމަނާފައި ވާނެއެވެ.
 - އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 27 ޖޫން 2024 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގައި މިއިދާރާގައެވެ.
 - އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީ ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ބަލައި ގަނެވުނު ކަމުގާވިޔަސް ބާޠިލު ކުރެވޭނެއެވެ.
 - އިތުރު މަޢުލޫމާތު ބޭނުންވެލައްވާ ފަރާތްތަކުން 25 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ.
 
- ފޯން: 4005080
 - އީމެއިލް: [email protected]
 
                10 ޖޫން 2024