ދިވެހިރާއްޖެ
ވެންޑަރ ރަޖިސްޓްރީ ކުރުމާއި ގުޅޭ
ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ޝޮޕިންގ އުސޫލުން (ޖުމްލަ އަގު -/35,000 ރުފިޔާއިން ދަށުގެ) ކުރިއަށް ގެންދަންޖެހޭ ޕްރޮކިއުމަންޓްތަކަށް ކޯޓޭޝަން ހުށަހެޅުމަށް، ވެންޑަރ ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވެންޑަރ ލިސްޓެއް އެކުލަވާލުމުގެ މަޤްސަދަކީ އެކިކަހަލަ ޚިދުމަތް/މަސައްކަތް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތެއްދިނުމެވެ.
ވީމާ، ވެންޑަރއެއްގެ ގޮތުގައި ރަޖިސްޓްރީ ވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 27ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ ލިންކްގައިވާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، ފޯމުގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތަކާއިއެކު ރަޖިސްޓްރީވުމަށް ދަންނަވަމެވެ.
| 
 ތަފްސީލް  | 
 ތަން  | 
 ސުންގަޑި  | 
| 
 ވެންޑަރ ރެޖިސްޓްރޭޝަން  | 
 https://docs.google.com/forms/d/e/1FAIpQLSd9Wim7UnMiZitHyK2Zy6vzWp0YWLhIZZzD3gLGmY1OxRrtuw/viewform ލިންކް މެދުވެރިކޮށް ރެޖިސްޓަރީ ނުކުރެވޭނަމަ، ރެޖިސްޓަރީ ކުރުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމުގެ 1 ގަޑިއިރު ކުރިން މިޑިޕާޓްމަންޓަށް އެންގެވުން އެދެމެވެ.  | 
 27 ޖޫން 2024 / 13:00 ގެ ކުރިން  | 
މި އިއުލާނާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ރަސްމީ ދުވަސްދުވަހު 09:00 – 13:00 ދެމެދު މި ޑިޕާޓްމަންޓުގެ ނަންބަރ 4003966 ށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.