މަސައްކަތް
ނަންބަރު: (IUL)202-A/1/2015/57
ޕަބްލިޝްކުރި ތާރީޚް: 03 މޭ 2015
ޕަބްލިޝްކުރި ގަޑި: 09:21
ސުންގަޑި: 12 މޭ 2015 11:00
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ދުރަށް އަލިފޮނުވާ ފަރުބައްތިތައް މަރާމާތުކުރުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހަރުކޮށްފައިވާ ދުރަށް އަލިފޮނުވާ ފަރުބައްތިތައް މަރާމާތުކުރުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 12 މޭ 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 މޭ 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ޤަބޫލުނުކުރެވޭނެ ކަމުގައި ދެންނެވީމެވެ.

14 ރަޖަބު 1436    

03 މޭ 2015