ދެންނެވުން
ނަންބަރު: 220-TP/CIR/2015/5
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2015
ޕަބްލިޝްކުރި ގަޑި: 1754
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓް

ސަރކިއުލަރ

ނަންބަރު: 220TP/CIR/2015/5                           

ތާރީޚު: 29 އެޕްރީލް 2015

ލިބެންވީ: ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް

މައުޟޫއު: އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓް

5 ފެބުރުވަރީ 2015 ގައި ނެރެފައިވާ ޓެކްސް ރޫލިންގ ނަންބަރު TR-2015/G23 އާ ހަވާލާދީ ދަންނަވަމެވެ.

ހަވާލާދީފައިވާ ރޫލިންގގެ އެނެކްސް 2 ގައިވާ އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓްގެ ފޯމެޓް މި ސަރކިއުލަރގެ އެނެކްސް 1 ގައިވާ ފޯމެޓަށް ބަދަލުކޮށްފީމެވެ.

އަދި އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓް ފުރިހަމަކުރުމުގައި އަންނަނިވި ކަންކަމަށް ސަމާލުވުމަށް އިލްތިމާސްކުރަމެވެ.

  1. ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ޓެކްސް ނެގޭ މުއްދަތުގެ ތެރޭގައި ދޫކޮށްފައިވާ ހުރިހާ ޓެކްސް އިންވޮއިސްތަކެއް ތާވަލުގައި ހިމަނަންވާނެއެވެ. ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިނުވާ ފަރާތްތަކަށް ދޫކޮށްފައިވާ އިންވޮއިސްތައް ތާވަލުގައި ހިމަނައިގެން ނުވާނެއެވެ.
  2. ވަކި ޓެކްސް ނެގޭ ހަރަކާތަކަށް ނިސްބަތްވާ، އެނެކްސް 1 ގައިވާ ތާވަލުގެ "ޖީ.އެސް.ޓީ" ކޮލަމްގެ ޖުމުލަ އަދަދު، ޖީ.އެސް.ޓީ ބަޔާނުގެ 2 ވަނަ ޞަފުޙާގައިވާ "އައުޓްޕުޓް ޓެކްސް" ކޮލަމްގައިވާ އަދަދާ ތަފާތުނަމަ، މި ދެ އަދަދުގެ ފަރަގުގެ ތަފުސީލު ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ، މި އޮތޯރިޓީގެ ހޮޓްލައިން 1415 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

11 ރަޖަބު 1436

2015-04-29