ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)141-A2/1/2015/141
ޕަބްލިޝްކުރި ތާރީޚް: 30 އެޕްރީލް 2015
ޕަބްލިޝްކުރި ގަޑި: 17:33
ސުންގަޑި: 12 މޭ 2015 14:00
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަން: އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް )

މުސާރަ: -/3565 ރުފިޔާ

ސާރވިސް އެލަވަންސް: -/1500 ރުފިޔާ

ރޭންކް: ޖީ.އެސް 1

ކްލެސިފިކޭޝަން: އެސިސްޓެންޓް  އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1

މުއްދަތު : 31 ޑިސެންބަރު 2015 ގެ ނިޔަލަށް

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ ޒުވާނުންގެ މަރުކަޒު

ޝަރުޠު:

  • އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • ސާނަވީ ތަޢުލީމު ފުރިހަމަ ކޮށްފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ހުޅުމާލެ ޔޫތު ސެންޓަރަށް ޑިއުޓީއަށް ނިކުތުމާއެކު ކަނޑއެޅޭ އުސޫލެއްގެ މަތިން ގަލޮޅު އެކްޓިވިޓީ ސެންޓަރ، ވިލިނގިލި ޔޫތު ސެންޓަރ، މާފަންނު ޒުވާނުންގެ މަރުކަޒުގެ ޑިއުޓީތަކަށް ނިކުތުން.
  • ޒުވާނުން ވަޒީފާގެ ބާޒާރަށް ތައްޔާރުކުރުމަށް ހިންގާ ވާރކްޝޮޕްތައް ހިންގުމުގައި ބައިވެރިވުން.
  • ބާއްވާ އެކި އެކި ކުޅިވަރު މުބާރާތްތައް ދަނީ ތާވަލްގައި ވާ ގޮތުގެ މަތިންތޯ ޗެކުކޮށް އެއްވެސް މައްސަލައެއް ވާނަމަ ސުޕަވައިޒަރަށް ރިޕޯޓު ކުރުން.
  • ކުޅިވަރު ކުޅުމަށް އަންނަ މެންބަރުންނަށް ކުޅިވަރު ކުޅުމަށް ބޭނުންވާ ތަކެތި ގަވާއިދުން ދޫކޮށް ބެލެހެއްޓުން.
  • ރޭވިފައިވާ ހަރަކާތްތަކާ ގުޅިގެން ކުރަންޖެހޭ ތައްޔާރީއެއް ވާނަމަ އެކަމެއް ކުރުން.
  • ސެންޓަރަށް ޒިޔާރަތް ކުރާ މެންބަރުންނާއި އެހެނިހެން ފަރާތްތަކުގެ ޢަމަލުތައް ހުރީ މަރުކަޒުގެ ގަވާއިދާ އެއްގޮތައްތޯ ބަލާ ސުޕަވައިޒަރަށް ރިޕޯޓު ކުރުން.
  • ސެންޓަރުގެ ފަރާތުން ހިންގާ ކުޅިވަރު މުބާރާތްތައް ރާވާ ހިންގުން.
  • ސެންޓަރުގެ ފަރާތުން ފާހަގަކުރާ ހުރިހާ ދުވަސްތައް ފާހަގަކުރުމުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތްކުރުން.
  • އޮފީސް ހުޅުވައި ލެއްޕުމާއި ޑިއުޓީއަށް ގަވާއިދުން ނުކުތުން.
  • އިޖްތިމާޢީ ކަންކަމާއި މުނިފޫހި ފިލުވުމުގައި އެންމެހައި ކަންތައްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
  • ނޯޓް:
  • އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި އިދާރީ މަސައްކަތް ކުރުމުގެ ދާއިރާގައި މަސައްކަތްކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.
  • މި މަޤާމުތަކުގެ އިންޓަރވިއު އެއްމަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަރވިއު އޮންނާނީ ވެލާނާގޭގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގރޫމްގައެވެ.
  • މި ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ އެކްރެޑިޓް ކުރެވިފައިވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލު ގެނައުމަށް ހަމަޖެހިފައިވަނީ އިންޓަރވިއުއަށް ހާޒިރުވާއިރުއެވެ.
  • ސުންގަޑި: 2015 މޭ 12 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅުއްވާނީ ވެލާނާގެ ތިންވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް.
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

    ވެބް ސައިޓް އެޑްރެސް www.youth.gov.mv

  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347316 އަށް

11 ރަޖަބު 1436

30 އެޕްރީލް 2015