ކުއްޔަށް ދިނުން
                	ނަންބަރު: (IUL)382-ESMS/382/2024/20
                    ޕަބްލިޝްކުރި ތާރީޚް: 30 އެޕްރީލް 2024
                    ޕަބްލިޝްކުރި ގަޑި:  13:43
                                            ސުންގަޑި: 
                            14 މޭ 2024 14:00
                        
                    
                 
                ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
             
            
                ކޮޅުމަޑުލު ބުރުނީ ބަނދަރުގެ އިރުވައިކޮޅު ސަރަހައްދާއި ހުޅަނގުކޮޅު ސަރަހައްދުގައއޮތް ހުސްބިމުގެ ތެރެއިން ކޮންމެ ސަރަހައްދަކުން 150 އަކަފޫޓްގެ 02 ބިން 01 އަހަރު ދުވަހުގެ މުއްދަތަށް ގާޑިޔާ ވިޔަފާރި ހިންގުމަށް ފުރުޞަތު ހުޅުވާލަމެވެ. މިބިންތައް ކުއްޔަށް ނެގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.
މި އިޢުލާނަށް ބީލަން / ޕްރޮޕޯސަލް ހުށަހެޅުއްވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު 19/2014 ( ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު 18/2014 ) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިއެވެ.
 
| ނަންނޯޓްކުރުން / ރަޖިސްޓްރޭޝަން  | 
މިބީލަމުގައި ބައިވެރިވުމަށް -/500 ރުފިޔާ ( ފައްސަތޭކަ ރުފިޔާ ) ގެ ނޮން – ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަން ޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 02 މޭ 2024 އިން 14 މޭ 2024 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00 އިން 14:00 އަށް މިއިދާރާގެ ނަންބަރު 7725700329001 އެކައުންޓަށް ޓްރާންސްފަރކޮށްގެންނެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ސްލިޕްގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުވަންވާނެއެވެ.ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެއެވެ.ބިންނަންބަރު G001,G002 ޚާއްސަކުރެވިފައިވަނީ ގާޑިޔާ ވިޔަފާރިއަށެވެ. | 
| ޕުރީބިޑު މީޓިންގ / މަޢުލޫމާތު ސާފްކުރުން  | 
މަޢުލޫމާތު ސާފްކުރައްވަން ބޭނުންފުޅުވެ ލައްވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 15 މޭ 2024 ވާ ބުދަ ދުވަހުގެ 13:30 ގައި ބުރުނީ ކައުންސިލްގެ އިދާރާގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.ބިޑު / ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން، މިބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނުވާނެއެވެ.މަޢުލޫމާތު ސާފްކުރުމަށް ޙާޟިރުނުވެވޭ ފަރާތްތަކަށް، ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.މި ބިޑާގުޅޭ އެންމެހައި ލިޔެކިއުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މިއިދާރާއިން 02 މޭ 2024 ފެށިގެން ލިބެންހުންނާނެއެވެ. އަދި ބިޑާއިގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.މިބިޑާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ އީ މެއިލް ކުރައްވާނީ 14 މޭ 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެކުރިން ތިރީގައިވާ އީ މެއިލް އެޑްރެހަށެވެ.ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު ( ފުރިހަމަ ނަމާއި، އައިޑީކާޑުނަންބަރު ، ގުޅޭނެ ފޯނުނަންބަރު ) އިނގޭނެގޮތަށް ސިޓީއެއް ގެންނަންވާނެއެވެ. | 
| ބިޑު ( އަންދާސީ ހިސާބު ) ހުށަހެޅުން  | 
ބިޑު / ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 20 މޭ 2024 ވާ ހޯމަ ދުވަހުގެ 13:30 ގައި ބުރުނީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.ބިޑު / ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަގުތު އަދި ބިޑް ހުށަހަޅާފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.ބިޑްގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހިގެން ބިޑުހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅުންނަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.ކޮޅުމަޑުލު ބުރުނީ ބަނދަރު ސަހަރައްދުން ގާޑިޔާ ވިޔަފާރި ކުރުމަށް ބިންދޫކުރުމަށް ކަނޑައަޅާފައިވާ އެންމެ ކުޑައަކީ އަކަފޫޓަކަށް ޖެހޭނެ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 0.58ރ ( ފަންސާސް އަށްލާރި ) އެވެ.  | 
| އިތުރު މަޢުލޫމާތު | އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. ބުރުނީ ކައުންސިލްގެ އިދާރާ ރޯޝަނީމަގު / ތ. ބުރުނި ފޯން:  +9606780038 އީމެއިލް: [email protected] | 
 
 
މިހެންވެ، މިކަން އެންގުމަށް އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.