|
މަޤާމު
|
ސީނިއަރ އެގްޒެކްޓިވް
|
|
ބޭނުންވާ ޢަދަދު
|
01
|
|
ވަޒީފާގެ ބާވަތް
|
ކޮންޓްރެކްޓް (1 އަހަރު ދުވަހަށް)
|
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
އެކައުންޓްސް / ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް
|
|
ޖުމްލަ މުސާރަ:
|
ލިބިފައިވާ ތައުލީމް އަދި މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު
|
|
އިތުރު ޢިނާޔަތްތައް:
|
އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.
|
|
ޝަރުޠު:
|
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު މަޤާމާއިގުޅޭ ދާއިރާއިން މަސައްކަތު ތަޖްރިބާ ލިބިފައިވުން.
- ގިނަވަގުތު މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.
|
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- އިންވޮއިސް އަދި ރިސިޕްޓް ފަދަ ލިޔެކިޔުންތައް އެއާއި ގުޅޭ އެކައުންޓް ތަކުގައި ތަރުތީބުކުރުން.
- ރެކޯޑްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން. އެގޮތުން އެކްއުންޓްސް ޕޭޔަބަލެ އަދި ރިސީވަބަލް ފަދަ ޓްރާންސެކްޝަންތައް ޖެނެރަލް ލެޖަރ އަދި ޖާރނަލްގަ ރެކޯޑު ކުރުން.
- ކޮންމެ މަހެއްގެވެސް ކޭޝްފްލޯ ރިޕޯޓްތަކާއި، ޕޭރޯލް ރިޕޯޓްތައް، އޭއާރު އަދި އޭޕީ ރިޕޯޓްތައް ރިކޮންސައިލް ކުރުން.
- ބިލް ހެދުމާއި ބިލް ދޫކުރުމާއި އަދި ހެދިފައިވާ ގަވާއިދުތަކާއި އެއްގޮތައް ލަހުން ހަދަންޖެހޭ އެކައުންޓްތަކުގެ ފޮލޯއަޕްހެދުން .
- އެކި އެކި ފަންޑްތަކުގެ ޚަރަދުތައް ބަލަހައްޓާ އަދި ބެލެންސް ކުރަންޖެހޭ މުއްދަތުތަކުގައި ބެލެންސްކޮށް ބޯޓްފަހަރުތަކުގެ ފައިސާގެ ފަންޑްތަކާއި އަދި އެހެނިހެން ފަންޑުތައް ރަނގަޅަށް ބެލެހެއްޓުން.
- ސްޓެޓިސްޓިކްސް އަދި ހަދަން ޖެހޭ އެކިއެކި ރިޕޯޓްތައް ހެދުމަށް ބޭނުންވާ އެކައުންޓިންގް ސަމަރީތަކާއި އަދި އޭގެ ރިޕޯޓްތައް ތައްޔާރުކުރުން.
- ފައިނޭންޝިއަލް އޮޑިޓަށް ތައްޔާރުވުމުގެ ގޮތުން އަދި ފައިނޭންޝިއަލް ރިޕޯޓްތައް ތައްޔާރުކުރުމުގައާއި، ބަޖެޓްތަކާއި އަދި އެނޫންވެސް ފައިނޭންޝިއަލް ސްޓޭޓްމެންޓްތައް ތައްޔާރުކުރުމުގައި އެކައުންޓެންޓަށް އަދި އެސިސްޓެންޓް އެކައުންޓެންޓަށް ފުރިހަމަ އެއްބާރުލުން ދިނުން.
- ކޫއްޑޫ އާއި ބޯޓުފަހަރުތަކުގެ ފައިސާ ހުރިވަރު ޗެކްކުރަން ކަނޑައެޅިފައިވާ މުއްދަތުގައި ޗެކްކުރުން.
- ކުންފުނިން ކަސްޓަމަރުން ކުރާ އެކިއެކި ވިޔަފާރިތަކަށް ބިލް ހަދާ އަދި ބިލް ދޫކުރުން. އެގޮތުން ޖޮބްއޯޑަރު މަސައްކަތަށް، ބޮނެފެނެ ގަންނަ ފަރާތްތަކަށް، ކެއުމާއި އެކޮމަޑޭޝަން ހޯދާފަރާތްތަކަށް، ފެނާއި ތެލާއި އަދި އެހެނިހެން ވިޔަފާރިކުރާ ފަރާތްތަކަން ބިލް ހެދުމާއި ބިލް ދޫކުރުން.
- ދުވަހުން ދުވަހަށް ކުރަންޖެހޭ ޚަރަދުތައް ކުރުމަށް ކުންފުނިން ބޯޓުފަހަރުތަކަށާއި ކޫއްޑޫއަށް ދޫކޮށްފައިވާ ފައިސާ ވަރަށް ގާތުންބަލައި އަދި ރެންޑަމްކޮށް ފައިސާ ހަމަޔަށް ހުރިތޯބަލަން ގުނުން.
- ކުންފުނީގެ އެކި އެކި ޑިޕާރޓްމެންތަކުގެ މަސައްކަތްތަށް ކޯސްޓިންގް ރިޕޯޓްތައް ތައްޔާރުކުރުން. އެގޮތުން ޕޮރޮޑަކްޝަން، ވޯކްޝޮޕް، އޮޕަރޭޝަން އަދި ކުންފުނިން ފޯރުކޮށްދޭ އެހެނިހެން ޚިދުމަތްތައް ހިމެނެއެވެ.
- ކޫއްޑޫގެ ބެލުމުގެ ދަށުގައިވާ އެކިއެކި އައިސްޕްލާންޓްތަކާއި ފިހާރަ އަދި ފެރީގެ ޚިދުމަތްދޭ ފަރާތްތަކާއި ރަނގަޅަށް މުއާމަލާތްކޮށް، އެތަންތަނުގެ ވިޔަފާރި އަދި ފައިސާގެ މުއާމަލާތް މޮނިޓަރ ކޮށް އަދި ދުވަހުން ދުވަހަށް ނުވަތަ މަހުންމަހަށް ކުރަންޖެހޭ ކޭޝް ޑިސްބާރސްމެންޓްކުރުން.
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:
|
ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.
|
|
އިންޓަރވިއުކުރުން:
|
އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.
|
|
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).
ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (ޖޮބް އެޕްލިކޭޝަން ފޯމް)
ބ- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).
|
|
ތަކެތި ހުށަހަޅަންޖެހޭ އޮފީސް:
|
- ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަން އަށް ނުވަތަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.
- ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 18 އޭޕްރީލު 2024 މެންދުރު 14:00 އެވެ.
- މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
|
|
|