ވަޒީފާގެ ފުރުޞަތު
ނަންބަރު: L4MC-A/2015/04
ޕަބްލިޝްކުރި ތާރީޚް: 27 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 1523
ސުންގަޑި: 29 އޭޕްރިލް 2015 1200
ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ވަގުތީ މަސައްކަތު

މިކޯޓަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ޢާންމުކޮށް އިޢުލާނުކުރީމެވެ.

ރޭންކް: އެސް،އެސް 1

ވަގުތީ މަސައްކަތު

މަޤާމު

01

ބޭނުންވާ އަދަދު

ފ.މަގޫދޫ މެޖިސްޓްރޭޓް ކޯޓު

މަސައްކަތް ކުރަންޖެހޭ ކޯޓް

-/3,100 ރުފިޔާ (ތިންހާސް އެއްސަތޭކަ ރުފިޔާ)

މަޤާމުގެ މުސާރަ

ސަރވިސް އެލަވަންސް -/1,000 (އެއްހާސް) ރުފިޔާ، ލީވިންގ އެލަވަންސް -/2550 ރުފިޔާ،

އަދި ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %20 އަށް ވާ ފައިސާއާއި އަދި

ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ.

މިމަޤާމަށް ލިބޭ އެލަވަންސް

ލިޔަންކިޔަން ދަތުމާއި، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަރވިއުގައި

ސާބިތުކޮށްދިނުން

ތަޢުލީމާއި ތަޖުރިބާ

1- ކޯޓް ޢިމާރާތާއި ކޯޓް ޢިމާރާތް ހިމެނޭ ސަރަޙައްދު ފޮޅައި ސާފުކޮށް ބެލެހެއްޓުން

2- ކޯޓަށް ހާޒިރުވާންޖެހޭ ފަރާތްތަކަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ހަވާލުކުރުން

3- އަދިވެސް މަސައްކަތު މީހެއްގެ މަސްއޫލިއްޔަތާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް

ކޯޓުން އަންގާ ގޮތެއްގެ މަތީން ކުރަމުން ގެންދިޔުން

މަޤާމުގެ މައިގަނޑު މަސައްކަތް

  • މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 2015 އެޕްރީލް 29 ވަނަ ދުވަހުގެ 12:00 ގެ

    ކުރިން "ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު މިކޯޓަށް

    ހުށަހެޅުއްވުން އެދެމެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

1- ފުރިހަމަކޮށްފައިވާ، ވަޒީފާއަށް އެދޭ ފޯމު (މިފޯމު މެޖިސްޓްރޭޓް ކޯޓުތަކުންނާއި، ޑިޕާޓްމަންޓް

އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން

ހުންނާނެއެވެ.)

2- ދިވެހިރައްޔިތެންކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން

ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

3- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ

ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

4- ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓުފިކެޓުގެ ކޮޕީ

5- ވަޒީފާއެއްގައި އުޅެފައިވާނަމަ އެވަޒީފާގައި އުޅެފައިވާ މުއްދަތު އެނގޭގޮތަށް އެތަނުގެ

ތައްގަނޑުޖެހި ލިޔުން.

6- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)

ހުށަހަޅަންޖެހޭ ލިޔުންތައް

  • މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ މީލާދީގޮތުން އުމުރުން 55 އަހަރު ހަމަވެފައިވާ

     މީހެއްކަމުގައި ވެގެން ނުވާނެއެވެ.

  • އަދި ޝަރުޢީދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ 70ވަނަ މާއްދާގެ (ހ) ގެ 6 އަދި 7 ވަނަ

    ބައިގައިވާ މީހަކަށް ވެގެން ނުވާނެއެވެ.

އެހެނިހެން ކަންތައްތައް

މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ ތަޢުލީމީ ނަތީޖާއާއި އިންޓަރވިއުގައި ހޯދާ މާކްސް ޖުމުލައަށް ބަލައިގެންނެވެ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަރވިއުކުރުން 2015 އެޕްރީލް 30 ވަނަ ދުވަހުން ފެށިގެން މިކޯޓުގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާތީ، އެ ތާރީޚުން ފެށިގެން އިންޓަރވިއުއަށް ތައްޔާރުވެ ރަށުގައި ހާޒިރުވެ ތިބުމަށް ދެންނެވީމެވެ.

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ހޯއްދެވުމަށް ބޭނުންނަމަ، މިކޯޓުގެ ފޯން ނަންބަރު: 6740541 އަށް ގުޅުއްވުމުން އެމަޢުލޫމާތެއް ސާފުކޮށްދެވޭނެއެވެ.

04 ރަޖަބު 1436

2015-04-23