ދިވެހިރާއްޖެ
ކޮންސަލްޓެންސީގެ ފުރުޞަތު
މި އޮތޯރިޓީގެ ނަންބަރު IUL)450/1/2015/7) އިޢުލާނާ ގުޅިގެން މީޑިއާ އެންޑް އެޑްވޮކަސީ ޕްލޭން ތައްޔާރުކޮށްދިނުމަށް ހުށަހެޅި ޕްރޮޕޯޒަލްގެ އަދަދު މަދުވުމާއެކު، އެ ފުރުޞަތު އަލުން ހުޅުވާލަމެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިމިވާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
| 
 ކޮންސަލްޓެންސީ  | 
 ލޯކަލް ކޮންސަލްޓެންޓް (ގެވެށި އަނިޔާ ހުއްޓުވުމަށްޓަކައި ހޭލުންތެރިކަން އިތުރުކުރުމަށް 'މީޑިއާ އެންޑް އެޑްވޮކަސީ އެކްޝަން ޕްލޭން' އެއް ތައްޔާރުކުރުން)  | 
| 
 މަސައްކަތުގެ އަގު  | 
 މަސައްކަތުގެ އަގު ކަނޑައެޅޭނީ ހުށަހެޅޭ ޕްރޮޕޯޒަލެއްގެ މައްޗަށް ބިނާކޮށެވެ.  | 
| 
 މަސައްކަތްކުރަންޖެހޭ ތަން  | 
 ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ  | 
| 
 ތަޢުލީމާއި ތަޖުރިބާ 
  | 
  | 
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް 
 
  | 
 ގެވެށި އަނިޔާ ހުއްޓުވުމަށްޓަކައި ހޭލުންތެރިކަން އިތުރުކުރުވުމަށް 'މީޑިއާ އެންޑް އެޑްވޮކަސީ އެކްޝަން ޕްލޭން' އެއް ތައްޔާރުކުރުން. މިގޮތުން މިމަސައްކަތްކުރުމުގައި ކަމާ ގުޅުންހުރި މުއައްސަސާތަކުގެ (މާލެ އަދި އަތޮޅުތައް ހިމެނޭގޮތަށް) މަޝްވަރާ ހޯދަންވާނެއެވެ. ނޯޓް: ކުރަންޖެހޭ މަސައްކަތުގެ އިތުރު ތަފުސީލު ހިމެނޭ ޓީ.އޯ.އާރު މި އޮތޯރިޓީގެ ވެބްސައިޓް www.fpa.gov.mv އަށް ވަޑައިގެން، "މީޑިއާ" ނެންގެވުމަށްފަހު "އިޢުލާން" ނެންގެވުމުން ލިބޭނެއެވެ. http://fpa.gov.mv/downloads/MAAP.pdf  | 
| 
 މިކޮންސަލްޓެންސީއަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ޕްރޮޕޯޒަލާއެކު (މަސައްކަތުގެ އަގާއެކު) ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ. 1- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (އެޓެސްޓްކޮށްފައިވާ) 2- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް 3- ކޮންސަލްޓެންސީއަށް އެދޭ ފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ) 4- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 5- ކޮންސަލްޓެންސީއަށް އެދޭ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސް މުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ) ނޯޓު: - މަތީގައިވާ ކޮންސަލްޓެންސީއަށް އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. - މިކޮންސަލްޓޭޝަނަކީ ކޮންޓްރެކްޓް އުސޫލުން 08 ހަފްތާގެ މުއްދަތަށް ކަނޑައަޅާފައިވާ ކޮންސަލްޓެންސީއެކެވެ. - ކޮންސަލްޓެންސީއަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި ޕްރޮފެޝަނަލް ކޮލިފިކޭޝަން އަދި އިންޓަރވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށެވެ. މި ކޮންސަލްޓެންސީއަށް އެދިލައްވާ ފަރާތްތަކުން މި އޮތޯރިޓީގެ (ހ. ފުލިދޫގެ، 02 ވަނަ ފަންގިފިލާ) ރިސެޕްޝަނަށް ޕްރޮޕޯޒަލާއި އަދި މަތީގައި ބަޔާންކުރެވިފައިވާ އެހެނިހެން ލިޔެކިޔުންތައް 28 އެޕްރީލް 2015 ވަނަ ދުވަހުގެ 14:30 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. އިތުރު މައުލޫމާތު: ފޯން: 3010551 ފެކްސް: 3010552 އީމެއިލް: [email protected]  | 
|