ވަޒީފާގެ ފުރުޞަތު
ނަންބަރު: P5C-A/2024/06
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 10:48
ސުންގަޑި:
18 އެޕްރީލް 2024 14:00
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
"ކޯޓް އޮފިސަރ" މަޤާމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން
ނަންބަރު: P5C-A/2024/06
"ކޯޓް އޮފިސަރ" މަޤާމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން
މި ކޯޓުގެ ނަންބަރު P5C-A/2024/04 (28 ފެބްރުއަރީ 2024) އިޢުލާނުން މި ކޯޓުގެ "ކޯޓް އޮފިސަރ" މަޤާމަށް މީހަކު ހޯދުމަށް ފުރުޞަތު ހުޅުވާލުމުން އެ މަޤާމަށް އެކަށީގެންވާ މިންވަރަށް އެޕްލިކޭޝަން ލިބިފައިނުވާތީ، އެ އިޢުލާނުގައިވާ ކޯޓު އޮފިސަރުގެ މަޤާމަށް އެދި ހުށަހެޅުމުގެ މުއްދަތު 18 އޭޕްރިލް 2024 ގެ 14:00 ނިޔަލަށް އިތުރުކުރެވިފައިވާކަން އިޢުލާން ކުރީމެވެ.
އަދި ހަވާލާދެވުނު އިޢުލާނާ ގުޅިގެން އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅުއްވަން ނުޖެހޭނެ ވާހަކަވެސް ދެންނެވީމެވެ. އިސްވެ ދެންނެވުނު އިޢުލާން ދިވެހިރާއްޖޭގެ ގެޒެޓްގައްޔާއި، މި ކޯޓުގެ ވެބްސައިޓުގައި ޕަބްލިޝްކުރެވިފައިވާނެއެވެ.
16 ރަމަޟާން 1445
26 މާރިޗު 2024