ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓިން ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން ހޮވުމަށް ބޭއްވުނު އިންތިޚާބުގެ ރަސްމީ ނަތީޖާ ތިރީގައި މިވަނީއެވެ. ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓިން ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން ހޮވުމަށް ބޭއްވުނު އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވަނީ ޖުމްލަ 991 އާންމު މެންބަރުންނެވެ.
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ރައީސްކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ރަސްމީ ނަތީޖާ:
|
ކެންޑިޑޭޓް ނަންބަރު |
ނަން |
ލިބިފައިވާ ވޯޓުގެ ޢަދަދު |
|
1 |
ޙުސައިން ސިރާޖް |
224 |
|
2 |
މުޙައްމަދު ފައިޞަލް |
172 |
|
ޖުމްލަ ވޯޓު |
396 |
|
|
ވޯޓުނުލާ މީހުންގެ ޢަދަދު |
595 |
|
އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލައްވާފައިވާ ފަރާތުގެ ރަސްމީ ނަތީޖާ:
|
ކެންޑިޑޭޓް ނަންބަރު |
ނަން |
ލިބިފައިވާ ވޯޓުގެ ޢަދަދު |
|
|
ފެންނަ |
ނުފެންނަ |
||
|
1 |
އަޙްމަދު ޝިފާޢު |
248 |
88 |
|
ޖުމްލަ ވޯޓު |
336 |
||
|
ވޯޓުނުލާ މީހުންގެ ޢަދަދު |
655 |
||
ވީމާ، މި އިންތިޚާބުގެ ނަތީޖާގައިވާ ގޮތުން، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ރައީސްކަމަށް އިންތިޚާބު ވެފައިވާ ފަރާތަކީ، އއ. އުކުޅަސް، ފިފްޓީފްލާވަރ އަލްއުސްތާޛު ޙުސައިން ސިރާޖު އެވެ. އަދި އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް އިންތިޚާބުވެފައިވާ ފަރާތަކީ،
ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް. ރޭއަލިވާގެ، އަލްއުސްތާޛު އަޙްމަދު ޝިފާޢު އެވެ.