ބީލަން
ނަންބަރު: (IUL)316/316/2024/32
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 15:02
ސުންގަޑި: 20 މާރިޗު 2024 12:30
މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ކިހާދޫގެ ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަށް ކޮށްދޭނެފަރާތެއް ހޯދުން

ބ.ކިހާދޫގެ ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަށް ކޮށްދޭނެފަރާތެއް ހޯދުމަށް ކުރެވިފައިވާ މިއިދާރާގެ ނަންބަރު (IUL)316/316/2024/27 އިއުލާނު ބާތިލުކޮށް އަލުން މި މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ހުޅުވާލަމެވެ. ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިބީލަމުގައި ރަޖިސްޓްރީވެ، ތިރީގައި ދެންނެވިފައިވާ ތާރީޚުގައި މިއިދާރާއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން:

ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން 2024 މާރިޗު 20 ވާ ބުދަދުވަހުގެ މެންދުރުފަހު 12:30 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭފޯމް ފުރުއްވާ މި އިދާރާގެ އީމެއިލް:[email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ މި އިދާރާއަށް ވަޑައިގެން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމު ހުށަހެޅުންއެދެމެވެ.

މި މަސައްކަތާއިބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 2024 މާރިޗު 21 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00ގައި ކިހާދޫ ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. އަދި މިމަސައްކަތާގުޅޭ މަޢުލޫމާތު ކަރުދާސް ބީލަމުގެ ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ބީލަމާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ އީމެއިލް ކުރައްވާނީ [email protected]  އީމެއިލް އެޑްރެހަށެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން:

ބީލަން ހުޅުވުން އޮންނާނީ 2024 މާރިޗު 26 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި ކިހާދޫ ކައުންސިލް އިދާރާގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. 

މި ބީލަމުގައި ބައިވެރިވެ ވަޑައިގެންނެވޭނީ ޤާނޫނު ނަންބަރު 96/10" ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު"، ޤާނޫނު ނަންބަރު 2007/3" ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނު"، ޤާނޫނު ނަންބަރު 2011/13 "ޕާޓްނަރޝިޕްގެ ޤާނޫނު"، ޤާނޫނު ނަންބަރު 2013/6" ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނު"، ޤާނޫނު ނަމްބަރު 2014/18" ވިޔަފާރި ރަޖިސްޓަ ރީ ކުރުމުގެ ޤާނޫނު" އަދި ޤާނޫނު ނަމްބަރު 2014/19" އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު" ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

 

  މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

10 މާރިޗު 2024