ބީލަން
ނަންބަރު: (IUL)322 /322/2024/25
ޕަބްލިޝްކުރި ތާރީޚް: 28 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 08:28
ސުންގަޑި: 10 މާރިޗު 2024 13:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކާބޯތަކެތީގެ ޑަސްބިން ނެގުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު

  1. މިހިގާ 2024 ވަނަ އަހަރުގެ ނިޔަލަށް މިރަށު ގޭގެއިންނާއި އެންމެހާ ތަންތަނުން ކާބޯތަކެތީގެ ޑަސްބިން ނެގުމުގެ މަސައްކަތަށް ޝައުޤުވެރިވާ އެންމެހާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
  2. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 03 މާރިޗު 2024 ން 05 މާރިޗު 2024 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، ވިޔަފާރީގެ ނަން، ރަޖިސްޓްރީ ނަންބަރ، ނޯޓުކުރާ ފަރާތް އަދި ގުޅޭނެ ފޯނުނަންބަރ މިއިދާރާގައި ނޯޓް ކުރެއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވެވޭނީ ނަންނޯޓްކޮށް މަޢުލޫމާތު ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކަށެވެ.
  3. މިބީލަމާގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 06 މާރިޗު 2024 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގައި މިއިދާރާގައެވެ.
  4. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 10 މާރިޗު 2024 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގައި މިއިދާރާގައެވެ.
  5. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހަޅުއްވާއިރު އައިޑީކާޑު ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް އަދި އެފަރާތުގެ އައިޑީކާޑު ކޮޕީއެއް ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ބަލައި ގަނެވުނު ކަމުގާވިޔަސް ބާޠިލު ކުރެވޭނެއެވެ.
  6. އިތުރު މަޢުލޫމާތު:
28 ފެބުރުވަރީ 2024