ދިވެހިރާއްޖެ
ކީރިތި ޤުރުއާނަށް ލޯބިޖެއްސުމުގެ މާތް މަޤްޞަދުގައި ހޯނޑެއްދޫ ކައުންސިލްގެ 2 ވަނަ ޤުރްއާން މުބާރާތް 2024 މިއަހަރު މާރިޗް 28 އިން މާރިޗު 30 އަށް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. ހޯނޑެއްދޫގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށްވެސް މިމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވެއެވެ.
މި މުބާރާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2 ގޮތްޕަކަށް ބަހާލައިގެންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލާ ކިޔެވުމުގެ ގޮތްޕެވެ. މި މުބާރާތުގެ އުމުރުފުރާތައް ތިރީގައި އެވަނީއެވެ.
މުބާރާތިގައި ބައިވެރިވާ އުމުރުފުރާތައް
| # | ޢުމުރުފުރާތައް | 
| 01 | ބޭބީ ނާސަރީ، | 
| 02 | ނާސަރީ | 
| 03 | އެލް.ކޭ.ޖީ، | 
| 04 | ޔޫ.ކޭ.ޖީ، | 
| 05 | 7 އަހަރުފުރި 9 އަހަރު ނުފުރޭ އުމުރުފުރާ، | 
| 06 | 9 އަހަރުފުރި 12 އަހަރު ނުފުރޭ ޢުމުރުފުރާ، | 
| 07 | 12 އަހަރުފުރި 15 އަހަރު ނުފުރޭ ޢުމުރުފުރާ، | 
| 08 | 15 އަހަރުފުރި 18 އަހަރު ނުފުރޭ ޢުމުރުފުރާ، | 
| 09 | 18 އަހަރުން މަތީ ޢުމުރުފުރާ | 
ވީމާ، މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލަމެވެ. މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ގދ.ހޯނޑެއްދޫ ކައުންސިލް ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށް ފަހު 14 މާރިޗު 2024 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މުބާރާތުގެ ޤަވާއިދު މި ޢިއުލާނާއެކު ޢާންމުކުރީމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.