މަސައްކަތް
ނަންބަރު: JS-B/2015/25
ޕަބްލިޝްކުރި ތާރީޚް: 12 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 16 އޭޕްރިލް 2015 11:00
ޖަމާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ފޮޓޯކަވަރޭޖާއި ވީޑިއޯ ކަވަރޭޖް ހަދައިދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ 2015 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގެ ފޮޓޯކަވަރޭޖާއި، ވީޑިއޯ ކަވަރޭޖް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މި ސްކޫލުގެ JS-B/2015/16 ނަންބަރު އިޢުލާނާ ގުޅިގެން ދޫކުރެވުނު މަޢުލޫމާތާ އެއްގޮތަށް އަންދާސީހިސާބު ހުށަހަޅަން ހާޒިރުވީ 2 ފަރާތުން ކަމަށްވާތީ، އަލުން އިނާމު ދިނުމުގެ ޖަލްސާގެ ފޮޓޯކަވަރޭޖާއި، ވީޑިއޯ ކަވަރޭޖް ހަދައިދޭނެ ފަރާތެއް ހޯދަން ފުރުޞަތު ހުޅުވާލިވާހަކަ ދެންނެވީމެވެ.

ވީމާ، މި ސްކޫލުން ދެވޭ މަޢުލޫމާތާ އެއްގޮތަށް މި ސްކޫލުގެ 2015 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގެ ފޮޓޯކަވަރޭޖާއި، ވީޑިއޯ ކަވަރޭޖް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 16 އެޕްރީލް 2015 ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 އެޕްރީލް 2015 ދުވަހުގެ 11:00 އަށް މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

23 ޖުމާދަލްއާޚިރާ 1436

12 އޭޕްރިލް 2015