ދިވެހިރާއްޖެ
ކޮންސަލްޓެންސީ ފާމެއް ހޯދުމަށް ބޭނުންވެއްޖެ
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ފަރާތުން ރާއްޖޭގެ އެކިއެކި ރަށްރަށުގައި އިމާރާތް ކުރަމުންދާ ޢިމާރާތްތަކުގެ ފަންނީ މަސައްކަތްތަކަށް ބޭނުންވާ ލަފާދިނުމާއި އަދި އެފަދަ ޢިމާރާތްތަކުގެ މަސައްކަތް ހިނގަމުންދާއިރު އެ މަސައްކަތް ސްޕަވައިޒު ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ބޭނުންވާ ފަންނީ ލަފައާއި އިރުޝާދު ދީ އަދި ޓެކްނިކަލް ޑްރޯވިންގ ތައްޔާރު ކުރުންފަދަ ފަންނީ ގިނަމަސައްކަތްތަކެއް ކުރަން ބޭނުންވާތީ، އެކަމުގެ ތަޖުރިބާ ލިވިފައިވާ ޤާބިލު ފަރާތެއް 01 އަހަރު ދުވަހުގެ މުއްދަތަށް ހޯދުމަށް ކުރެވުނު ނަންބަރު IUL)22-PU/1/2015/103) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
|
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
|
20 އެޕްރީލް 2015 (ހޯމަ) ދުވަހުގެ 14:00 އަށް |
23 އެޕްރީލް 2015 (ބުރާސްފަތި) ދުވަހުގެ 14:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341403, 3341436 ނަންބަރު ފޯނާއެވެ.
20 ޖުމާދަލްއާޚިރާ 1436