މަސައްކަތް
ނަންބަރު: 335/2015/47
ޕަބްލިޝްކުރި ތާރީޚް: 06 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 14:37
ސުންގަޑި: 19 އޭޕްރިލް 2015 10:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިނީ ފުޓްސަލް ޓާފްދަނޑުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިނީ ފުޓްސަލް ޓާފްދަނޑުގެ ދެވަނަ ފޭހުގެ މަސައްކަތްތަކުގައި ހިމެނޭ ފަސްގަނޑު ލެވެލް ކުރުމާއި ކޮންކްރީޓް ސްލެބް ހެދުމާއި ޓާފް އެޅުމާބެހޭ އެންމެހާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރެވިފައިވާ ނަންބަރު 335/2015/41 އިޢުލާނުގައިވާ މުއްދަތު ކުޑަކަމަށް ފެންނާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އެމަސައްކަތަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 އެޕްރީލް 2015 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 26 އެޕްރީލް 2015 ވާ އާދީއްތަ ދުވަހުގެ 12:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

17 ޖުމާދަލްއާޚިރާ 1436

06 އޭޕްރިލް 2015