ޢާންމު މަޢުލޫމާތު
                	
                ނަންބަރު: (IUL)376/376/2024/09
                    ޕަބްލިޝްކުރި ތާރީޚް: 06 ފެބުރުވަރީ 2024
                    ޕަބްލިޝްކުރި ގަޑި:  08:26
                    
                ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
2024 ފެބްރުއަރީ މަހު ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރުން
                                ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 7/2010) ގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮންމެ އަހަރަކު ފެބްރުއަރީ މަހުގައި ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ ބައްދަލުވުން 25 ފެބުރުވަރީ 2024 ވާ ދުވަހުގެރޭ 20:30 ގައި ބަނޑިދޫ އީ-ސެންޓަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ތިރީގައި މިދަންނަވާ ކަންކަން ޙިއްސާ ކުރުމަށްވަނީ ހަމަޖެހިފައެވެ.
- 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓް
 - 2023 ވަނަ އަހަރުގެ މާލީބަޔާން
 - 2024 ވަނަ އަހަރުގެ ކައުންސިލް މަސައްކަތު ތާވަލް އަދި ބަޖެޓް ރައްޔިތުންނާއި ހިއްސާކުރުން
 
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
                06 ފެބުރުވަރީ 2024