ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ:
މި މިނިސްޓްރީ އާއި ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމްތަކާއި އައިޓީ ސާމާނު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، ތިރީގައިވާ ތާވަލާއި އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންދެއްވުން އެދެމެވެ.
މި ބީލަމާއި ގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
އަދި މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓްރީ ކުރައްވާ ހުރިހާ ފަރާތްތަކަށް، މެއިލް މެދުވެރިކޮށް ފޮނުވޭނެވެ.
މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް އަދި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާތިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 12 ފެބުރުވަރީ 2024 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.
https://forms.gle/fii1bT26yqdCeJdm9
| 
 
  | 
 ތާރީޚް  | 
 ދުވަސް  | 
 ގަޑި  | 
 ތަން  | 
| 
 
 އަންދާސީ ހިސާބު ހުށައެޅުއްވުން  | 
 19 ފެބުރުވަރީ 2024  | 
 ހޯމަ  | 
 10:15  | 
 މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް (އުމަރު ޒާހިރު އޮފީސް ބިލްޑިންގ،  |