ދިވެހިރާއްޖެ
މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީއަށް ހިއުމަން ރިސޯސް މެނޭޖްމެންޓް ސޮފްޓްވެއަރއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް
ތަޢާރަފު: މި އޮތޯރިޓީއަށް ހިއުމަން ރިސޯސް މެނޭޖްމެންޓް ސޮފްޓްވެއަރއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މަޢުލޫމާތު ސެޝަން:
|
ތާރީޚް |
: 28 ޖަނަވަރީ 2024 (އާދީއްތަ) |
|
ގަޑި |
: ހެނދުނު 11:00 |
|
ތަން: |
: މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ކޮންފަރެންސް ރޫމުގައި (ވެލާނާގޭ 2 ވަނަ ފަންގިފިލާ) |
މައުލޫމާތު ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް (ބިޑް ސަބްމިޝަން):
|
ދުވަސް |
: 04 ފެބްރުވަރީ 2024 (އާދިއްތަ) |
|
ގަޑި |
: ހެނދުނު 11:00 |
|
ތަން |
: މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ކޮންފަރެންސް ރޫމުގައި (ވެލާނާގޭ 2 ވަނަ ފަންގިފިލާ) |
ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މަތީގައިވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ. މި އިޢުލާނާ އެކީގައި އިންފޯމޭޝަން ޝީޓް އަދި ހުށަހަޅަންޖެހޭ އިތުރު ފޯމުތައް އެއްކަރުދާސްކޮށްފައިވާނެއެވެ.
13 ރަޖަބު 1445
24 ޖެނުއަރީ 2024