| 
 ވަޒީފާގެ ފުރުޞަތު (ވަގުތީ) 
 | 
 ނަންބަރު:(IUL)195-A-HR/195/2024/04   
 | 
| 
 ތާރީޚް: 32 ޖަނަވަރީ 2024 
 | 
| 
 މަގާމު 
 | 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ) 
 | 
| 
 ރޭންކް 
 | 
 ޖީ.އެސް 3 
 | 
| 
 ކްލެސިފިކޭޝަން 
 | 
 އޮފިސަރ ގްރޭޑް 1 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1   
 | 
| 
 ޑިޕާޓްމަންޓް/ސެކްޝަން 
 | 
 ޖުޑީޝަލް ހިއުމަން ރިސޯސް އެންޑް ޖުޑީޝަލް ސަރވިސަސް ޑިޕާޓްމަންޓް 
 | 
| 
 ބޭނުންވާ އަދަދު 
 | 
 01 (އެކެއް) 
 | 
| 
 މުއްދަތު 
 | 
 03 މަސް ދުވަސް 
 | 
| 
 މަސައްކަތް ކުރަންޖެހޭ ތަން 
 | 
 ޖުޑީޝަލް ސަރވިސް ކޮމިޝަން 
 | 
| 
 އަސާސީ މުސާރަ 
 | 
 -/6,611 ރުފިޔާ 
 | 
| 
 އެލަވަންސާއި އިތުރު ގަޑި 
 | 
 -    ލިވިންގ އެލަވަންސް : -/3,000 ރުފިޔާ 
-     ނޮން ޕްރެކްޓިސް އެލަވަންސް )އަސާސީ މުސާރައިގެ %50 3,305/50 :(ރުފިޔާ 
-     ހާޟިރީ އެލަވަންސް (ޙާޟިރީ އެލަވަންސް ދިނުމަށް ކަނޑައަޅާފައިވާ އުސޫލުން)100/-  ރުފިޔާ 
-     އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ މަސައްކަތަށް އުޖޫރަ ދެވޭނެއެވެ. 
 | 
| 
   
  
އަސާސީ ޝަރުޠު 
 | 
- އޯ.ލެވެލް އިމްތިޙާނުން 'އިނގިރޭސި' އާއެކު އިތުރު ތިން (3) މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުމާއެކު، އެސް.އެސް.ސީ. އިމްތިޙާނުން 'ދިވެހި' އަދި 'އިސްލާމް' މި ދެ (2) މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން ނުވަތަ،
 
- އޭ.ލެވެލް އިމްތިޙާނުން 'އިނގިރޭސި' އާއެކު އިތުރު ދެ (2) މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، އެސް.އެސް.ސީ. އިމްތިޙާނުން ނުވަތަ އެއަށްވުރެ މަތީ އިމްތިޙާނަކުން 'ދިވެހި' އަދި 'އިސްލާމް' މި ދެ (2) މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން ނުވަތަ،
 
- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދަކާއެކު ޖީ.އެސް 2 ނުވަތަ އެއަށްވުރެ މަތީ  ރޭންކެއްގެ މަޤާމެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
 
 
  
 | 
| 
 މަޤާމުގެ މަސްއޫލިއްޔަތު: 
 | 
- ޑިޕާޓްމަންޓްގެ އީމެއިލް ގަވާއިދުން ޗެކްކޮށް އެންޓްރީއަށް ފޮނުވަންޖެހޭ މެއިލްތައް އެންޓްރީއަށް ފޮނުވުމާއި އަދި މެއިލްތަކުގެ އަޕްޑޭޓް ޑިޕާޓްމަންޓްގެ ވެރިއަކަށް ނުވަތަ ޒިންމާއާ ހަވާލުވެ ހުންނަ ފަރާތަކަށް ދުވަހުން ދުވަހަށް ދިނުން.
 
- ޖެމްސް އިން ޑިޕާޓްމަންޓަށް ލިބޭ އެންޓްރީތަކުގެ ލިސްޓް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް އަދި އެ އެންޓްރީތައް ސޭވްކުރަންޖެހޭ ފޯލްޑަރތަކަށް ސޭވްކުރުން.
 
- ޖެމްސް މެދުވެރިކޮށް އަންނަ ތަކެތި އެންޓްރީކޮށް ސުޕަވައިޒަރު އަންގަވާ ގޮތެއްގެމަތިން ފިޔަވަޅު އަޅައި، ޖަވާބު ދޭންޖެހޭ ސިޓީތަކަށް ޖަވާބު ތައްޔާރުކޮށް ފޮނުވުން.
 
- ދުވަހު ޔައުމިއްޔާއަށް ބޭނުންވާ މައުލޫމާތު ތައްޔާރުކޮށް ކަމާބެހޭ ޑިޕާޓްމަންޓް/ސެކްޝަނުން ކަނޑައަޅާފައިވާ ގޮތަކަށް ދުވަހުން ދުވަހަށް ދެމުން ގެންދިއުން.
 
- ކޯޓުތައް ހިންގުން އެ ޖުޑީޝަލް ދާއިރާގެ އެކިއެކި ފަނޑިޔާރުންނާއި ހަވާލުކޮށް ފޮނުވާ މައުލޫމާތު ކަނޑައަޅާފައިވާ ފޯމެޓެއްގައި އަޕްޑޭޓްކޮށް ބެލެހެއްޓުން.
 
- އިސްފަނޑިޔާރުން ތަނާޒުލްވެ އެހެން ފަނޑިޔާރަކާއި ހަވާލުކޮށްދިނުމަށް އެދޭ މައްސަލަތަކަށް ޖަވާބުދީ އެ ރެކޯޑުތައް ބަލަހައްޓައި ފައިލްކުރުން.
 
- ފަނޑިޔާރުން ތަނާޒުލްވުމުން އެހެން ފަނޑިޔާރަކާއި ހަވާލުކޮށް ފޮނުވާ މައުލޫމާތާއި އިސްފަނޑިޔާރުން ތަނާޒުލްވުމުން އެހެން ފަނޑިޔާރަކާއި ހަވާލުކުރާ މައްސަލަތަކުގެ މައުލޫމާތު ކަނޑައަޅާފައިވާ އުސޫލުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
 
- ދާއިރާ ހުސްވާ ޙާލަތުގައި ދާއިރާ ޙަވާލުކުރުމުގެ ގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.
 
- އަލަށް ޢައްޔަންކުރާ ފަނޑިޔާރުންގެ ރެކޯޑް ފައިލްތައް ޢައްޔަންކުރުމުގެ ޕްރޮސެސްގައި އިސްވެކުރާ މުވައްޒަފެއްގެ ލަފާގެމަތީން ފައިލް ހަދާ ފައިލް އަޕްޑޭޓްކޮށް ބެލެހެއްޓުން.
 
- ޑިޕާޓްމަންޓްގެ މަސައްކަތާއި ގުޅުންހުރި އެންމެހައި ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
 
- ޑިޕާޓްމަންޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭގޮތުން ކޮމިޝަނުން ނިންމާ ނިންމުންތައް އަޕްޑޭޓްކުރުން.
 
- ފަނޑިޔާރުންގެ ރިޓަޔަރމަންޓް ޕެންޝަނާ ގުޅޭ އެންމެހައި އިދާރީ މަސައްކަތްކުރުމާއި ރެކޯޑް ބެލެހެއްޓުން.
 
- ފަނޑިޔާރުންނަށް ވަޒީފާ ދިނުމާއި ބަދަލުކުރުމާއި ވަކިކުރުމާއި ޕެންޝަނާބެހޭ އެންމެހާ ޗިޓް، ސަރކިއުލަރ އެ މަސައްކަތް އިސްވެކުރާ މުވައްޒަފުންގެ ލަފައާއެކު ހަދައި ފޮނުވަންޖެހޭ މުއައްސަސާތަކަށް ފޮނުވުމާއި އެކަންކަމާގުޅޭ އެންމެހާ ރެކޯޑްތައް ބެލެހެއްޓުން.
 
- ފަނޑިޔާރުންގެ ވަޒީފާއާގުޅޭ އެންމެހައި ރެކޯޑްތައް ގަވާއިދުން ހިއުމަން ރިސޯސް ސިސްޓަމަށް އެޅުމާއި ރެކޯޑްތައް އަޕްޑޭޓްކުރުން.
 
- ޑިޕާޓްމަންޓްގެ މުވައްޒަފަކު ޗުއްޓީ ނަގައިފިނަމަ ހަމަޖެހިފައިވާ އުސޫލުން އެ މުވައްޒަފެއްގެ މަސައްކަތްކުރުން.
 
- ޑިޕާޓްމަންޓުގެ މަސައްކަތަށް އަންނަ ބަދަލެއްގެ ސަބަބުން ނުވަތަ ޚާއްސަ ޙާލަތެއްގެ ސަބަބުން ޑިޕާޓްމަންޓުން ކުރަންޖެހޭ މަސައްކަތުގެ ތެރެއިން އިދާރީ މަސައްކަތްތައް ކުރުން.
 
- މަތީގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަންކުރުމުގެ ސުޕަވައިޒަރުގެ ލަފާގެމަތިން ކުރުން.
 
- މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަސައްކަތްތައް އޮމާންކަމާއެކު އިންތިޒާމްކޮށް ހިންގުމަށް ބޭނުންވާ އެންމެހައި ކަންތައްތައް ސެކްރެޓަރީ ޖެނެރަލްގެ ލަފާގެމަތިން އިންތިޒާމްކޮށް ހަމަޖެއްސުން.
 
 
 19. ފަނޑިޔާރުންގެ ޗުއްޓީއާގުޅޭ އިދާރީ ކަންތައްތައް ކުރުން. 
 20. ފަނޑިޔާރުން އެކިއެކި ކަންތައްތަކަށް ރިލީޒްކުރުމާގުޅޭ އިދާރީ ކަންތައްތައް ކުރުން. 
 21. ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ އިދާރީ މަސައްކަތްތައް ކުރުން. 
 | 
| 
 މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި 
 | 
- ވަޒީފާއަށް އެދޭމީހުންގެ އިޤްރާރު
 
- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
 
- ކުރިމަތިލާ ފަރާތުގެ ވަނަވަރު
 
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
 
 
ނޯޓް: ދިވެހި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ތައުލީމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގިންތިތަކަށް ފެތޭގޮތަށް، އެމް.ކިއު.އޭގެ ހުއްދައާއެކެ 1 ސެޕްޓެމްބަރ 2016 ގެ ފަހުން ހިންގާ ޕްރޮގްރާމްތައް ފުރިހަމަ ކުރުމުން ދޭ ލޯކަލް ސަނަދުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ. 
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ސެޓްފިކެޓް ލިބުން ލަސްވަމުންދާ ސަބަބު ބަޔާންކޮށް، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއި ނުރަސްމީ ޓްރާންސްކްރިޕްޓް ހުށަހެޅުން.
 
- ކުރުމުއްދަތުގެ ޓްރެއިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކޮށްފައިވާނަމަ އެ ލިޔުންތަކުގެ ކޮޕީ
 
- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ
 
  | 
| 
 މަޤާމަށް އެދި ހުށަހެޅުން 
 | 
 މަގާމަށް އެދި ހުށަހަޅާނީ ފަހިރެސް ޕޯޓަލް މެދުވެރި ކޮށެވެ. ފަހިރެސް ޕޯޓަލްގެ ލިންކް ތިރީގައިއެވަނީއެވެ. 
https://apply.jsc.gov.mv 
 | 
| 
 ސުންގަޑި 
 | 
- މި މަގާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 2024 ފެބްރުވަރީ 01 ވާ ބުރާސްފަތި ދުވަހުގެ 13:00 އާ ހަމައަށެވެ.
 
  | 
| 
 ގަވާއިދު 
 | 
 މި އިޢުލާންގައިވާ މަޤާމަށް މީހަކު ނެގުމުގައި އަމަލުކުރާނީ "ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންގެ ގަވާއިދު" ގައިވާ ގޮތުގެމަތީންނެވެ. މި ޤަވާއިދު ގެޒެޓުންނާއި މި ކޮމިޝަންގެ ވެބްސައިޓުން ލިބޭނެއެވެ. 
 | 
| 
 އިތުރު މަޢުލޫމާތު 
 | 
- މި އިޢުލާނުގައި ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ތަކެތި ބަޔާންކޮށްފައިވާގޮތަށް ހުށަހަޅާފައިނުވާނަމަ އެ އެޕްލިކޭޝަނެއް ބާތިލްވާނެއެވެ.
 
- މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޮމިޝަނުން ހޯދުމާމެދު އިޢުތުރާޒް ނުކުރާނަމައެވެ.
 
- ފަހިރެސް ޕޯޓަލް މެދުވެރިކޮށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހަޅާ ކޮންމެ އެޕްލިކޭޝަނަކަށް އީމެއިލް  މެދުވެރިކޮށް ރިފަރެންސް ނަންބަރެއް ލިބޭނެއެވެ.
 
- ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ވަޒީފާއަށް އެދޭ މީހެއްގައި ހުންނަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އިތުރު ޝަރުޠުތައް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންގެ ޤަވާއިދުގައި ބަޔާންކޮށްފައިވާނެއެވެ. މުވައްޒަފުންގެ ޤަވާއިދު www.jsc.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.
 
 
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ.  
 |