ބީލަން
                	
                ނަންބަރު: (IUL)237-PR/237/2024/03
                    ޕަބްލިޝްކުރި ތާރީޚް: 23 ޖަނަވަރީ 2024
                    ޕަބްލިޝްކުރި ގަޑި:  10:24
                                            ސުންގަޑި: 
                            31 ޖަނަވަރީ 2024 13:00
                        
                    
                ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
މިއިދާރާގެ ރަންގަލި ލޯންޗްގައި ކުރަންހުރި ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން
                                - މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ރަންގަލި ލޯންޗްގައި ކުރަންހުރި ބައެއް މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތްތައް ކޮށްދިނުމަށް ޝަޢުޤުވެރިވާ އެންމެހައި ފަރާތްތަކަށް އެ ފުރުޞަޠު ހުޅުވައިލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
 - މި މަސައްކަތާ ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި މިއިދާރާއަށް ގުޅުއްވައިގެން އެ މަޢުލޫމާތެއް ސާފުކުރެއްވޭނެއެވެ.
 - މި މަސައްކަތުގެ ބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން "ފ. އަތޮޅު ކައުންސިލް އިދާރާގެ ރަންގަލި ލާންޗް މަރާމާތު ކުރުމާއި ބެހޭ ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް" އޮންލައިންކޮށް (ލިންކް: http://tiny.cc/bidreg) ފުރުއްވައި 2024 ޖަނަވަރީ 28 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ފޮނުއްވަން ވާނެއެވެ. ބީލަމުގައި ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
 - މި މަސައްކަތާގުޅޭ މަޢުލޫމާތު ކަރުދާހާއި އަންދާސީ ހިސާބު ހުށަހަޅާފޯމް މިއިދާރާގެ ވެބްސައިޓުންwww.faafu.gov.mvޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
 - އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 2024 ޖަނަވަރީ 31 ވާ ބުދަ ދުވަހުގެ 13:00 ގައި މިއިދާރާގައެވެ. އަންދާސީ ހިސާބު އޮންނަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ. ސިޓީ އުރައިގެ ބޭރުގައި "ފ. އަތޮޅު ކައުންސިލް އިދާރާގެ ރަންގަލި ލާންޗާއި، ލާންޗްގެ އިންޖީނު މަރާމާތުކުރުމުގެ އަންދާސީހިސާބު" މިހެން ލިޔެފައި އޮންނަންވާނެއެވެ.
 
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ / ފ.ނިލަންދޫ، ދިވެހިރާއްޖެ.
ފޯން: 6740017
އީމެއިލް: [email protected]
                23 ޖަނަވަރީ 2024