ދިވެހިރާއްޖެ
ކުނި މެނޭޖުކުރުމަށް ބޭނުންވާ މެޝިނަރީޒް ގަތުމާއި ގުޅޭ
ކުނިމެނޭޖުކުރުމަށް ބޭނުންވާ މެޝިނަރީޒް ހޯދުމަށް ކުރި މިއިދާރާގެ، ނަންބަރު: (IUL)279-CA/2023/42 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އެއިއުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ބާޠިލްކޮށްފީމެވެ.
ވީމާ، ކުނިމެނޭޖްކުރުމުގެ މަސައްކަތުގައި ބޭނުންކުރުމަށް މަދުވެގެން 30 ޓަނުގެ ކެޕޭސިޓީގެ ބޭލަރ ޕްރެސްއަކާއި، މަދުވެގެން 300 ކިލޯގްރާމް/އަވަރ ގެ ޕްރޮޑަކްޝަން ކެޕޭސިޓީގެ ހެވީ ޑިއުޓީ ޝްރެޑަރއެއް މަރޮށީ ކައުންސިލަށް ފޯރުކޮއްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރީމެވެ. މެޝިނަރީޒް ވިއްކުމަށް އަންދާސީ ހިސާބު ހުށަހަޅުއްވާއިރު، މެޝިނަރީ އާއި ގުޅޭ ތިރީގައި އެވާ މަޢުލޫމާތާއެކު ހުށަހެޅުއްވުން އެދެމެވެ.
- މެޝިނުގެ ބްރޭންޑް
- މެޝިނުގެ މޮޑެލް ކޯޑް
- މެޝިނުގެ ކެޕޭސިޓީ
- މޮޓޯ ޕަވަރ
- ބޭލަރ ޕްރެސްގެ ބޭލް ސައިޒް
- ޝްރެޑަރގެ ކަޓިންގް ޗޭމްބަރ ސައިޒް
- މެޝިނުގެ ސައިޒު
- މެޝިނު އުފެއްދި ތާރީޚް
- މެޝިނުގެ ކުލަ
ވީމާ، މަތީގައި ދެންނެވިފައިވާ ޝަރުތުތައް ފުރިހަމަވާ މެޝިނަރީޒް މަރޮށީ ކައުންސިލް އިދާރާއަށް ވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2024 ޖަނަވަރީ 31 ވަނަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ސިޓީގައި މެޝިނަރީގެ އަގާއި، މެޝިނަރީ ފޯރުކޮށްދެވޭނެ މުއްދަތާއި، މެޝިނަރީގެ ތަފްސީލް ސްޕެސިފިކޭޝަން ހުށަހަޅުއްވަން ވާނެއެވެ. ހުށަހަޅުއްވާ އަންދާސީ ހިސާބާއެކު ވިޔަފާރި ރެޖިސްޓްރީ ކޮޕީއާއި، ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ ހުށަހަޅަންވާނެއެވެ.
މެޝިނަރީ ރަށަށް ގެނައުމަށް ބޭނުންވާ ބޯޓާއި ހަމައަށް ގެންގޮސް ދިނުމަކީ މަސައްކަތާއި ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ.
| 
 | މާކްސްދެވޭ ކްރައިޓީރިއާ | މާކްސް ދެވޭގޮތް | ތަފްސީލް | ފޯމިއުލާ | 
| އަގު | 80% | 
 | (Benchmark Price / Submitted Price) x Allocated Percentage | |
| ހުށަހެޅުން - ފީޗާރސް | 10% | 
 | (Benchmark / Submitted Specification) x Allocated Percentage | |
| މުއްދަތު | 10% | 
 | (Benchmark / Submitted Duration) x Allocated Percentage | |
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީބަންދު ނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު: 6540054 ފޯނަށް ގުޅުއްވުން އެދެމެވެ.
21 ޖަނަވަރީ 2024