| 
 މަޤާމު: 
 | 
   ސީނިއަރ ލީގަލް އޮފިސަރ  
 | 
| 
 ބޭނުންވާ އަދަދު: 
 | 
 01   
 | 
| 
 ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން: 
 | 
     ލީގަލް އެންޑް އެސެސްމަންޓް ސެކްޝަން 
 | 
| 
 މުސާރަ، ޢިނާޔަތްތަކާއެކު: 
 | 
 މަހަކު: -/14,700 ރުފިޔާ 
ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. 
 | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: 
 | 
- ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް، މައްސަލަތަކާ ގުޅޭގޮތުން މެންބަރުންނަށް ޤާނޫނީ ލަފާދިނުމާއި މައްސަލަތައް ހަލުވިކޮށް ފުރިހަމައަށް ބެލޭނެ އިންތިޒާމު ހަމަޖެއްސުން.
 
- ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން މަޢުލޫމާތު ސާފުކުރަންޖެހޭ ފަރާތްތަކުން މަޢުލޫމާތު  ސާފުކުރުމުގައި ޓްރައިބިއުނަލް އޮފިސަރުންނަށް އިރުޝާދުދިނުމާއި، އެކަންދަނީ ރަނގަޅަށްތޯ ބަލާ މޮނިޓަރކުރުން.
 
- މައްސަލަތަކުގެ ރިޕޯޓުތައްޔާރު ކުރުމުގައި މެންބަރުންނަށް އެހީތެރިވެދިނުން.
 
- ޓްރައިބިއުނަލްގެ ހަރަކާތްތަކާއި ގުޅިގެން ޤާނޫނީ ގޮތުންނާއި، އެހެނިހެން ގޮތްގޮތުން ދިރާސާކޮށް  ޓްރައިބިއުންލްގެ މައްސަލަތައް ބެލުމުގައްޔާއި، ޓްރައިބިއުނަލްގެ އެހެނިހެން ކަންކަން ޒަމާނާއެއްގޮތަށް ހަލުވިކަމާއި ފުރިހަމަކަމާއެކު ކުރެވޭނޭގޮތުގެ ލަފަޔާއި އިރުޝާދު ޓްރައިބިއުނަލްގެ މެމްބަރުންނަށް ދިނުން.
 
 
 | 
| 
 ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން/ ޤާނޫނީ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން. 
 | 
| 
 ހުށަހަޅުއްވަންޖެހޭ ތަކެތި:  
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ވަޒީފާއަށް ހޮވޭ ފަރާތަކުން، ވަޒީފާއަށް ހަމަޖެއްސުމުގެ ކުރިން އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްތައް ހުށަހަޅަންވާނެއެވެ.)
 
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް. (ވަޒީފާގެ މަސްއޫލިއްޔަތު، އެވަޒީފާގައި ހޭދަވި މުއްދަތާއި އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް.)
 
- ކަރިކިއުލަމް ވިޓާ (ސީވީ)
 
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
 
 
ވީމާ، މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 14 އެޕްރީލް 2015 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން މި ޓްރައިބިއުނަލަށް (ކުރީގެ ހެލްތު މިނިސްޓްރީގެ ދެވަނަ ފަންގިފިލާ) ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ. މި މަޤާމަށް އިންޓަރވިއުއަށް ކުރުމަށް ދަންނަވާނީ ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ވަޒީފާއަށްއެދޭ ފޯމު މި ޓްރައިބިއުނަލުންނާއި، އަދި މި ޓްރައިބިއުނަލްގެ ވެބްސައިޓްwww.tat.gov.mv  އިން ލިބިވަޑައިގަންނަވާނެއެވެ. 
  
 |