މަސައްކަތް
ނަންބަރު: B407/2015/34
ޕަބްލިޝްކުރި ތާރީޚް: 29 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 11:23
ސުންގަޑި: 12 އޭޕްރިލް 2015 14:30
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ ސިސްޓަމެއް ޤާއިމު ކުރުމާބެހޭ

ސެކިއުރިޓީ ސިސްޓަމެއް ޤާއިމު ކުރުމާބެހޭ

މި އިދާރާގައި ސެކިއުރިޓީ ސިސްޓަމެއް ޤާއިމު ކުރުމަށްޓަކައި ކެމެރާ ސިސްޓަމެއް ގަނެ އެ ސިސްޓަމް ޤާއިމުކުރާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މިއިދާރާގެ ނަންބަރު:B-407/2015/29 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، މިމަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލައިފީމެވެ. ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 އެޕްރީލް 2015 ވާ އާދީއްތަ ދުވަހުގެ 14:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބާއި އަދި ގަޑިޖެހިގެން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ. މިމަސައްކަތަށް ހުށަހެޅޭ އަންދާސީހިސާބުތައް އިވެލުއޭޓް ކުރާއިރު މާކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ.

1- ތަކެތި އަދި ޚިދުމަތުގެ އަގަށް ދެވޭ މާކްސް     %75

2- ހަވާލުކުރެވޭ މަސައްކަތް ނިންމާ މުއްދަތަށް ދެވޭ މާކްސް   % 10

3- މަސައްކަތް ނިންމުމަށްފަހު މެއިންޓެނަންސްކޮށް ނުވަތަ ސާރވިސް ކޮށްދޭން ހުށަހަޅާ މުއްދަތަށް ދެވޭ މާކްސް % 15                 

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

09 ޖުމާދަލްއާޚިރާ 1436

29 މާރިޗު 2015