ދިވެހިރާއްޖެ
ނޫސް ބަޔާން
ޤާނޫނު ނަމްބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 105ވަނަ މާއްދާގެ ގައިވާ ގޮތުގެމަތިން، ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 10ވަނަ ދުވަހުގެ ކުރިން ފާއިތުވީ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލް ރިޕޯޓު ރަށު ކައުންސިލްތަކުން އަތޮޅު ކައުންސިލަށް ހުށަހެޅުމަކީ ޤާނޫނުން ރަށު ކައުންސިލްތަކަށް މަތިކިށްފައިވާ ޒިންމާއެކެވެ.
ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އަސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް 2023 ވަނަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލު ރިޕޯޓް ހުށަހަޅުއްވާފައިވާ، މި އިދާރީ ދާއިރާގެ 13 ރަށު ކައުންސިލްގެ މަޢުލޫމާތު ތިރީގައި މިވަނީއެވެ.
- ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
 - ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
 - ކޮޅުމަޑުލު މަޑިފުށި ކައުންސިލްގެ އިދާރާ
 - ކޮޅުމަޑުލު ދިޔަމިގިލި ކައުންސިލްގެ އިދާރާ
 - ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދަރާ
 - ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
 - ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
 - ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
 - ކޮޅުމަޑުލު ގާދިއްފުށި ކައުންސިލްގެ އިދާރާ
 - ކޮޅުމަޑުލު ތިމަރަފުށި ކައުންސިލްގެ އިދާރާ
 - ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
 - ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
 - ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
 
ދެންނެވުނު ކައުންސިލްތަކުން، އެކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ ކައުންސިލްތަކުގެ މަސައްކަތްތައް ފާހަގަކޮށް، މިކައުންސިލްގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.