މަސައްކަތް
ނަންބަރު: (IUL)197-A1/1/2015/12
ޕަބްލިޝްކުރި ތާރީޚް: 29 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 11:13
ސުންގަޑި: 06 އޭޕްރިލް 2015 10:00
ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
ހދ.ކުޅުދުއްފުށީ ޤައުމީ އިދާރާގެ ފުރަތަމަ ފަންގިފިލާއަށް ބައެއް ބަދަލުތައް ގެނައުމަށް

ރާއްޖޭގެ އުތުރުގައި ޤާއިމުކުރާ ހައިކޯޓުގެ ގޮފި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ހދ.ކުޅުދުއްފުށީ ޤައުމީ އިދާރާގެ ފުރަތަމަ ފަންގިފިލާއަށް ބައެއް ބަދަލުތައް ގެނައުމަށް ކުރެވުނު މިކޯޓުގެ ނަންބަރު IUL)197-A1/1/2015/5) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ އަގު ބޮޑުކަމަށް ފެންނާތީއާއި އަދި ހުށަހަޅުއްވާފައިވާ މުއްދަތު ދިގުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތަށް ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް އެދޭ ފަރާތްތަކުން މިކޯޓަށް ނުވަތަ ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް 06 އެޕްރީލް 2015 ވާ ހޯމަ ދުވަހުގެ 10:00 އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިކޯޓަށް ނުވަތަ ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ބޭފުޅުންނަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދެންނެވީމެވެ.

09 ޖުމާދަލްއާޚިރާ 1436

29 މާރިޗު 2015