މުބާރާތް
                	
                ނަންބަރު: (IUL)160-AS/1/2024/5
                    ޕަބްލިޝްކުރި ތާރީޚް: 18 ޖަނަވަރީ 2024
                    ޕަބްލިޝްކުރި ގަޑި:  11:03
                                            ސުންގަޑި: 
                            22 ޖަނަވަރީ 2024 00:00
                        
                    
                ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚު ފަސްކުރުމާގުޅޭ
                                ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚާ، ގްރޭޑް 10 ގެ ދަރިވަރުންގެ މޮކް އެގްޒާމް ދިމާވާތީ، އެ ދަރިވަރުންނަށް މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ދިނުމުގެ ގޮތުން މޮކް އެގްޒާމް ނިމެންދެން މުބާރާތް ފަސްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި މުބާރާތް ބާއްވާނެ ތާރީޚެއް، ވަރަށް އަވަހަށް އިޢުލާން ކުރާނެ ވާހަކަ ވެސް ދަންނަވަމެވެ.
މި ގެނެވުނު ބަދަލާއެކު އިތުރު މުއައްސަސާތަކާއި ބައިވެރިން ރަޖިސްޓްރީކުރުމުގެ ފުރުޞަތު 22 ޖަނަވަރީ 2024 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. ވީމާ، ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
                18 ޖަނަވަރީ 2024