ޢާންމު މަޢުލޫމާތު
ނަންބަރު: A(BA)-2015/70
ޕަބްލިޝްކުރި ތާރީޚް: 25 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 17:28
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ސިޔާސީ ޕާޓީތަކަށް ދެއްވާ ފައިސާ ދިނުމާބެހޭ

ދައުލަތުން މިއަހަރު ސިޔާސީ ޕާޓީތަކަށް ދެއްވާ ފައިސާ ދިނުމުގެ އިދާރީކަންކަން މިހާރު މިކޮމިޝަނުން މިގެންދަނީ ކުރަމުންނެވެ.

ނަމަވެސް ސިޔާސީ ޕާޓީތަކުން އަހަރުގެ ފުރަތަމަ ތިންމަސް ދުވަހުގެ ތެރޭގައި މިކޮމިޝަނަށް ފޮނުވަން ޤާނޫނުން ލާޒިމުކޮށްފައިވާ އޮޑިޓް ރިޕޯޓު މިހާތަނަށް ފޮނުވާފައިވަނީ އެމް.ޑީ.ޕީ އާއި، ޕީ.ޕީ.އެމް އާއި، އެމް.ޑީ.އޭ އާއި، ޑީ.އާރު.ޕީ އާއި، ޖޭޕީ އިންނެވެ.

ވީމާ، މިކޮމިޝަނުން ސިޔާސީ ޕާޓީތަކަށް މިއަހަރު ދޫކުރަންޖެހޭ ފައިސާ ދޫކުރެވޭނީ ޕާޓީތަކުން ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި އޮޑިޓް ރިޕޯޓު މިކޮމިޝަނަށް ފޮނުވުމުން ކަމަށްވާތީ، އަހަރުގެ ފުރަތަމަ ތިން މަސްދުވަސް ހަމަވުމުގެ ކުރިން އޮޑިޓް ރިޕޯޓު ހުށަހެޅުމަށް އިލްތިމާސް ކުރަމެވެ.

5 ޖުމާދަލްއާޚިރާ 1436

 

25 މާރިޗު 2015