ވަޒީފާގެ ފުރުޞަތު
ނަންބަރު: FNK/A/IUL/2024/03
ޕަބްލިޝްކުރި ތާރީޚް: 02 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:40
ސުންގަޑި:
08 ޖަނަވަރީ 2024 15:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ނަންބަރު:FNK/A/IUL/2024/03
ވަޒީފާގެ ފުރުޞަތު
މިކުންފުނީގެ ނ.ހެނބަދޫ ބްރާންޗަށް ތިރީގައި މިދަންނަވާ މަޤާމްތަކަށް މީހުން ހޯދުމަށް ބޭނުންވެއެވެ.
|
އެސިސްޓެންޓް މެނޭޖަރ
|
މަޤާމް:
|
|
01 (އެކެއް)
|
ބޭނުންވާ އަދަދު:
|
|
އެޗް.އާރް ބިލިންގ، ސޭލްސް ކަލެކްޝަން އެންޑް ކްރެޑިޓް ކޮންޓްރޯލް
|
ޑިޕާޓްމަންޓް:
|
|
ނ.ހެނބަދޫ ބްރާންޗް
|
މަސައްކަތް ކުރަންޖެހޭތަން:
|
|
5350ރ. (ފަސްހާސް ތިންސަތޭކަ ފަންސާސް ރުފިޔާ)
|
އަސާސީ މުސާރަ:
|
|
މުސާރައިގެ %45
|
ސަރވިސް އެލަވަންސް:
|
|
މުސާރައިގެ %35
|
ހާޟިރީ އެލަވަންސް:
|
|
މުސާރައިގެ %20
|
އިތުރުގަޑީގެ އެލަވަންސް:
|
|
(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލް ކޮށްފައިވުން، ނުވަތަ
(ށ) ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން އެމް.އެސް ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ
(ނ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތު ކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުންދިއުމާއިއެކު، އެމް.އެސް 1 ރޭންކުގެ ޝަރުތު ފުރިހަމަވެ އެރޭންކުގައި މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
(ރ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތު ކޮށްދިނުމާއިއެކު، އެމް. އެސް 2 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން،
(ބ) އުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.
|
ފެންވަރު ނުވަތަ ޝަރުތު:
|
- އޮފީހަށް ލިބޭ ސިޓީ ފަދަ ތަކެއްޗައް އަޅަންޖެހޭ ފިޔަވަޅު އޮފީސް ހިންގަވަންހުނަ ވެރިއެއްގެ މަޝްވަރާގެ ދަށުން އަޅަމުން ގެންދިއުން.
- އިންޖީނުގެއިން ފޮނުވަންޖެހޭ ހުރިހައި ރިޕޯޓްތަކެއް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، އޮފީހުގެ ފަރާތުން ފޮނުވަންޖެހޭ ސިޓީ މެސެޖް ފަދަ ތަކެތި ކަމާއިބެހޭ މުވައްޒަފުންލައްވާ ތައްޔާރުކޮށް ފޮނުވަމުން ގެންދިއުން.
- އާންމުން އަދި އެހެނިހެން ފަރާތްތަކުން އިންޖީނުގެއަށް ހުށައަޅާ ތަފާތު މައްސަލަތައް އެވަގުތަކު އޮފީސް ހިންގަވަންހުރި ވެރިއެއްގެ ލަފާމަތީން ޖަވާބުދާރީ ވަމުން ގެންދިއުން.
- ރަށުގެ ކުރިއެރުމާއި ތަރައްޤީއާއި ގުޅޭ ގޮތުން ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކުރުމަށް ބޭނުންވާނެ ކަންތައްތައް ޕްލޭންކޮށް އޮފީސް ހިންގުމާއި ޙަވާލުވެ ހުންނެވި ވެރިއެއްގެ ލަފާގެމަތީން ކަމާއިބެހޭ ޑިޕާރޓްމަންޓަށް ހުށައެޅުން.
- އިންޖީނުގެ ހިންގުމާއި ޙަވާލުވެ ހުންނެވި ވެރިއެއްގެ ލަފާމަތީން ރަށުގެ ރައްޔިތުންނާއި އެހެނިހެން ފަރާތްތަކަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްކުރުން.
- އިންޖީނުގެއާއި އޮފީސް ހިންގުމާބެހޭ ހުރިހާކަމެއް ކަނޑައެޅިފައިވާ ޤަވާޢިދުތަކާއި އުސޫލުތަކާއި އެއްގޮތަށް ރާވާ ހިންގުމާއި އެކަންކަން ހިގާނުހިގާ ގޮތް ބެލެހެއްޓުން.
- މުވައްޒަފުންގެ ޚިޔާލުހޯދުމަށް އާންމުގޮތެއްގައި މަހަކު އެއްފަހަރު މުވައްޒަފުންގެ ބައްދަލުވުމެއް ބާއްވާ މުވައްޒަފުންގެ މަޝްވަރާހޯދުމާއި، އޮފީސް ހިންގަވަން ހުންނަވާ ވެރިއެއްގެ ލަފާމަތީން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުވައިދިނުން.
- އިންޖީނުގެ ހިންގުމަށް ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންކަމުގައި އެހެން މުވައްޒަފުންނަށް އެހިތެރިވުމާއި އިންޖީނުގެއިން ޖަވާބުދާރީ ވާންޖެހޭ ފެކްސް ، ސިޓީ ،މެއިލްއަށް އޮފީސް ހިންގަން ހުންނަ ވެރިއެއްގެ ލަފާމަތީން ޖަވާބުދާރީ ވަމުން ގެންދިއުން.
- ކޮންމެ މަހަކު ބޭއްވޭ މުވައްޒަފުންގެ ބައްދަލުވުމުގެ ޔައުމިއްޔާ ކުންފުނީގެ ހެޑް އޮފީހަށް ފޮނުވާ ދިމާވާ ދަތިތައް ރިޕޯޓެއްގެ ގޮތުގައި ހުށަހަޅާ އެކަންތައްތައް ހައްލުކުރުމަށް ކަމާއިބެހޭ ޑިޕާރޓްމަންޓްތަކާއި ގުޅިގެން މަސައްކަތްކުރުން.
- އޮފީހުގައި ބޭނުންކުރަމުން ގެންދާ އެންމެހާ އިކުއިޕްމަންޓްތައް ރަނގަޅަށް މެއިންޓެއިން ކުރަމުން ގެންދޭތޯ ބަލައި ޗެކްކުރުމާއި، އެކަންކަން މުވައްޒަފުން ލައްވާ ކުރުވުން.
- އިދާރީ މުވައްޒަފަކު ޗުއްޓީނަންގަވާފި ނަމަ އެމުވައްފެއްގެ މަސައްކަތް އޮފީހުން އަންގާގޮތެއްގެ މަތީން ކުރަމުން ގެންދިއުން.
- އޮފީހުގެ ލިޔެކިއުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން އަދި ލިޔެކިއުންތައް ފަސޭހައިން ހޯދޭނެ ފަދަ ގޮތަކަށް ދުވަހުން ދުވަހަށް ފައިލްކުރަމުން ގެންދިއުމަށް އެހީތެރިވުމާއި، އެކަންކަން ބަލާޗެކު ކުރަމުން ގެންދިއުން.
- ކުރިއަށްއޮންނަ އަހަރަށް ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅޭގޮތުން ބޭނުންވާ ކަންކަން ބަލާ އެފަދަކަންކަން ބަޖެޓްގައި ހިމެނުމަށްޓަކައި ޕްރޮޕޯޒަލް ތައްޔާރުކޮށް ހުށަހެޅުމާއި އެކަން ކުރުމަށް އޮފީސް ހިންގަވަން ހުންނަ ވެރިއެއްގެ ލަފާމަތީން މަސައްކަތްކުރުން.
- ޢާންމުކޮށް އޮފީހުގެ ހުރިހާ މަސައްކަތެއްގައި ، ޙާއްސަކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޙިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރުން.
- ކަސްޓަމަރ ސާރވިސްގެ މަސައްކަތާއި، ފައިސާގެ މަސައްކަތްތަކާއި، އަދި އިދާރީ އެންމެހައި މަސައްކަތް ތަކުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތް ކުރުން.
- އިންޖީނުގެއިން ހަދަންޖެހޭ ހުރިހައި ރިޕޯރޓްތަކެއް ހެދުމަށް މުވައްޒަފުންލައްވާ މަސައްކަތް ކުރުމާއި، އަދި އެރިޕޯރޓްތައް ހެދުމަށް ޢަމަލީގޮތުން ބައިވެރިވެ، ރިޕޯރޓްތައް ފޮނުވަންޖެހޭ ތާރީޚަށް ކަމާއިބެހޭ ޑިޕާރޓްމެންޓަކަށް ފޮނުވުމަށް މަސައްކަތް ކުރުން.
|
ވަޒީފާގެ މަސްއޫލިއްޔަތުތައް:
|
|
އެކައުންޓްސް އޮފިސަރ
|
މަޤާމް:
|
|
01 (އެކެއް)
|
ބޭނުންވާ އަދަދު:
|
|
އެޗް.އާރް ބިލިންގ، ސޭލްސް ކަލެކްޝަން އެންޑް ކްރެޑިޓް ކޮންޓްރޯލް
|
ޑިޕާޓްމަންޓް:
|
|
ނ.ހެނބަދޫ ބްރާންޗް
|
މަސައްކަތް ކުރާތަން:
|
|
4850ރ. (ހަތަރުހާސް އަށްސަތޭކަ ފަންސާސް ރުފިޔާ)
|
މުސާރައާއި އިނާޔަތްތައް:
|
|
މުސާރައިގެ %45
|
ސަރވިސް އެލަވަންސް:
|
|
މުސާރައިގެ %35
|
ޙާޟިރީ އެލަވަންސް:
|
|
މުސާރައިގެ %20
|
އިތުރުގަޑީގެ އެލަވަންސް:
|
|
(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިހާން ފުރިހަމަ ކޮށްފައިވުން، ނުވަތަ
(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ ވަކިވަކި ދާއިރާތަކުގެ އޮނިގަނޑު ތަކުގައި އެ ދާއިރާއަކުން ޖީ.އެސް 1 ގެ ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ
(ނ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއިއެކު، އެސް.އެސް 5 ރޭންކުގެ ޝަރުތު ފުރިހަމަވެ، އެ ރޭންކުގައި މަޤާމެއްގައި މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
(ރ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން.
(ބ) ބިލިންގ އާއި ގުޅުންހުރި މަސައްކަތްތަކާއި، ރީޑިންގ ނެގުމުގެ މަސައްކަތްތައް ކުރެވޭނެ މީހަކު ކަމުގައިވުން.
(ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.
|
ފެންވަރު ނުވަތަ ޝަރުތު:
|
- ހަމަޖެހިފައި އޮންނަ އުސޫލެއްގެ މަތީން އޮފީސް ހުޅުވައި ބަންދުކުރުން.
- އިލެކްޓްރިކް ފީ އާއި، މަސައްކަތައް ހަދާބިލް އަދި ތަކެތި ވިއްކުމަށް ހަދާ ބިލާއި، އެހެނިހެން ގޮތްގޮތުންލިބެންވާ ފައިސާ ބަލައިގަތުމާއި، ހަމަޖެހިފައިވާ ގޮތުގެ މަތިން އެފައިސާ ތިޖޫރީގައި ރައްކާކޮށް ބެހެއްޓުމާއި ތިޖޫރީ ރިޕޯރޓް ހެދުން.
- ބޭންކް ހުންނަ ރަށެއްނަމަ ލިބޭފައިސާ ދުވަހުން ދުވަހަށް ބޭންކަށް ޖަމާކުރުމާއި، ބޭންކް ނުހުންނަ ރަށެއްނަމަ މަދުވެގެން މަހަކު އެއްފަހަރު ފައިސާ ޖަމާކުރުމަށް ހަމަޖެހިފައިވާތަނަކަށް ފައިސާޖަމާކުރުން ( މޯބައިލް ބޭންކުގެ ޚިދުމަތްލިބޭ ރަށްރަށުގައި ބޭންކް ދޯނި އަންނަ ދުވަހު ތަނުގައި ހުރި އާމްދަނީގެ ހުރިހާ ފައިސާ ބޭންކަށް ޖަމާކުރުމަށް ހަވާލުކުރަންވާނެއެވެ. )
- ފައިސާ ބަލައިގަތުމަށްފަހު އެދުވަހެއްގެ ރިޕޯރޓްތަށް ނަގައި ދުވަހުފޮތާއި އަދި މަހުގައި ލިބުނު ފައިސާގެ ތަފްސީލް ފޮތާއި، އަދި ފައިސާއާއިބެހޭ އެހެނިހެން ފޮތްތައް ފުރިހަމަ ކުރަމުން ގެންދިއުން.
- ބިލިންގ ޕްރޮގްރާމުން ނަގާ ފައިސާގެ ރިޕޯރޓްތަކާއި އަދި އާމްދަނީ ފައިސާއާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ފަރުވާތެރިކަމާއެކު ތަރުތީބުން ބެލެހެއްޓުމާއި، ފައިސާއާއިބެހޭ ހުރިހާ ރިޕޯރޓްތަކެއް ކޮންމެ މީލާދީ މަހެއްގެ 10 ވަނަދުވަހުގެ ކުރިން ތައްޔާރުކޮށް ކަމާބެހޭ ޑިޕާރޓްމަންޓަށް ފޮނުވަމުން ގެންދިއުން.
- މުވައްޒަފުންނަށް ލިބެންވާފައިސާގެ ތަފާތު ރިޕޯރޓްތަކާއި، ޕޭމަންޓް ވައުޗަރ ހެދުމާއި، އަދި އިދާރީ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތްކުރުން.
- ފައިސާ ނުލިބިހުރި ބިލްތަކުގެ ފައިސާ ހޯދުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް އެވަގުތަކުއޮފީސް ހިންގުމާއި ހަވާލްވެހުންނެވި މުވައްޒަފަކާއި ގުޅިގެންކުރުން.
- އެކައުންޓަށް ޖަމާކުރާ ފައިސާގެ ހިސާބުތައް އެކައުންޓްބާކީ ފޮތްތަށްނަގައި ހިސާބުތަށް ބަލަހައްޓަމުން ގެންދިއުމާއި ކޮންމެ މަހެއް ނިމުމުން ބޭންކް ސްޓޭޓްމަންޓް ހޯދުމަށްފަހު އެކައުންޓްބާކީ އާއި އަޅާކިޔާ ދިމާވާ މައްސަލަތައް ހައްލުކުރުން.
- ބިލިންގ ސިސްޓަމް ކޮމްޕިޔުޓަރައިޒް ކޮށްފާވާނަމަ ސިސްޓަމް މެދުވެރިކޮށް ފައިސާ ބަލައިގަނެ ޤަވާއިދުން ޕޭމަންޓް އެންޓްރީ ހަދައި ޖާނަލް ފުރިހަމަ ކުރުމަށްފަހު ކަމާބެހޭ އެހެން މުވައްޒަފުންނާއި ގުޅިގެން ދުވަހުން ދުވަހަށް ހިސާބުތައް ޗެކްކޮށް ނިންމުމާއި، މާލެއަށް ބަލައިގަންނަ ފައިސާގެ ތަފްސީލް ލިބުމުން އެދުވަހަކަށް ޕޭމަންޓް އެންޓްރީ ހަދައި ޖާނަލް ފުރިހަމަކުރުން.
- ފައިސާ ނުދައްކާ ހުންނަ ބިލުތަކަށް ފައިސާ ހޯދުމަށް ރެޑްނޯޓް ފޮނުވުމާއި، ރެޑްނޯޓްގެ މުއްދަތު ހަމަވުމުންވެސް ފައިސާ ނުދައްކަވާނަމަ ކަމާބެހޭ މުވައްޒަފުންނާއި ގުޅިގެން އެތަނަކުން ކަރަންޓް ކަނޑާލުމަށް ކުރައްޖެހޭ މަސައްކަތްތައް ކުރުން.
- ފައިސާގެ ރަސީދު ފޮތްތަކާއި، އަދި އާމްދަނީ ފައިސާއާއި ބެހޭ އެންމެހާ ލިޔެކިއުންތައް ފަރުވާތެރިކަމާއެކު ތަރުތީބުން ބެލެހެއްޓުމާއި، ފައިސާ އާއިބެހޭ ހުރިހާ ރިޕޯރޓްތަކެއް ތައްޔާރުކުރުން.
- ކޮންމެ އަހަރަކަށްވެސް ތައްޔާރުކުރާ ބްރާންޗްގެ ބަޖެޓް ތައްޔާރުކުރުމަށް ހޯދަންޖެހޭ މަޢުލޫމާތުތައް ހޯދައި ބަޖެޓް ހެދުމުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތް ކުރުން.
- ކުންފުނިން ހަމަޖައްސަވާފައި އޮންނަ އުސޫލެއްގެ މަތީން ކަރަންޓްގެ ޚިދުމަތްދޭ ހުރިހައި ތަނަކުން މީޓަރ ރީޑިންގ ނެގުން.
- ކުންފުނިން ހަމަޖައްސަވާފައި އޮންނަ އުސޫލެއްގެ މަތީން ކޮންމެމަހެއްގެ ވެސް ކަރަންޓް ބިލްތައް ކަސްޓަމަރުންނާ ޙަވާލުކުރުން.
- އިންޖީނުރޫމްގައި ޑިއުޓީ ކުރާނެ މުވައްޒަފެއް ނެތިގެން އެވަގުތަކު އޮފީސް ހިންގަވަން ހުންނަ ވެރިއަކު އެދިއްޖެނަމަ އިންޖީނުރޫމްގައި ޑިއުޓީ ކުރުން.
- އިދާރީ މުވައްޒަފަކު ޗުއްޓީނަގާފިނަމަ އެމުވައްޒަފެއްގެ މަސައްކަތް އޮފީހުން އަންގާގޮތެއްގެ މަތީން ކުރަމުން ގެންދިއުން.
- ބަޖެޓްކުރެވިފައިވާ ޚަރަދުތައް ހަމަޖެހިފައިވާ ޤަވާޢިދުތަކާއި އެއްގޮތަށް ހިންގާ ބެލެހެއްޓުން.
- ކުންފުނީގެ އެކިއެކި ބްރާންޗް ތަކަށާއި، އެކިއެކި ޑިޕާޓްމަންޓް ތަކަށް ފޮނުވޭ ލިޔެކިޔުންތަކާއި، ޑިޕާޓްމަންޓަށް ލިބޭ ލިޔެކިޔުންތައް ދުވަހުން ދުވަހަށް ފައިލްކުރުމާއިއެކު އެތަކެތި ބޭނުންވެއްޖެ ހިނދެއްގައި ފަސޭހައިން ފެންނާނެ ގޮތައް ފައިލްކޮށް ބެލެހެއްޓުން.
|
ވަޒީފާގެ މަސްއޫލިއްޔަތުތައް:
|
ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ހެޑް އޮފީހުންނާއި (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ނ.ހެނބަދޫ ބްރާންޗްއިން ރަސްމީ ދުވަސްތަކުގެ 08:00 - 15:00 އަށް ލިބެންހުންނާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތަޢުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.
ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 ޖަނަވަރީ 2024 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް ނުވަތަ އީމެއިލްއަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި 3 މަސް ނުވާ ކުށުގެ ރިކޯޑް ލިޔުމެއް (ޕީ.ޖީ.އޯ އިން ދޫކުރާ) ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތަކުގެ ކޮންމެ ގަނޑެއްގެ ކަނާތްފަރާތުގެ ތިރީ ކަނުގައި ވަޒީފާއަށް ހުށަހަޅާ ފަރާތުގެ އިނގިލީގެ ނިޝާން އަދި އިނީޝިއަލް ސޮއި ޖައްސަވައި ދެއްވުން އެދެމެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،
ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،
ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ
އީމެއިލް އެޑްރެސް: [email protected]
ގުޅޭނެ ނަންބަރު: 3007555
ފެކްސް ނަންބަރު: 3327555
20 ޖުމާދަލްއާޙިރު 1445
02 ޖަނަވަރީ 2024