މުބާރާތް
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 23 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 09:40
ސުންގަޑި: 09 އޭޕްރިލް 2015 14:30
ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ވާހަކަދެއްކުމުގެ 30 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

އިޢުލާނު

2015 ވަނަ އަހަރުގެ އަދަބީ ކަލަންޑަރުގައި މި އެކެޑަމީން ކަނޑައަޅައިފައިވާ ދިވެހިރާއްޖޭގެ ވާހަކަދެއްކުމުގެ 30 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވައިލައިފައެވެ.

(ހ) މި މުބާރާތް ބެހިފައިވަނީ ތިރީގައި މިވާ 4 ބަޔަށެވެ.

  1. އިސްކޫލުތަކުގެ ބައި
  2. މަތީ ތަޢުލީމުގެ ބައި (ޔުނިވަރސިޓީ/ ކޮލެޖު)
  3. އޮފީސް/ ކުލަބު/ ޖަމުޢިއްޔާ/ ޖަމާޢަތްތަކުގެބައި
  4. އަމިއްލަފަރާތްތަކުގެ ބައި

(ށ) އިސްކޫލުތަކުގެ ބައިގައި ބައިވެރިވެވޭނީ 3 އުމުރުފުރާގައެވެ. އެއީ 13 އަހަރުން ދަށް، 13 އަހަރާއި 16 އަހަރާ ދެމެދު އަދި 16 އަހަރާއި 21 އަހަރާ ދެމެދެވެ. މި ބައިގައި ބައިވެރިކުރެވޭނީ ކޮންމެ އުމުރުފުރައަކުން ގިނަވެގެން 7 ދަރިވަރުންނެވެ. މަދުވެގެން 5 ދަރިވަރުން ބައިވެރިކުރަންވާނެއެވެ.

(ނ) މަތީ ތަޢުލީމުގެ ބައި ހުޅުވާލެވިފައިވަނީ ޔުނިވަރސިޓީ/ ކޮލެޖުތަކަށެވެ. މި ބައިގައި ބައިވެރިކުރެވޭނީ ގިނަވެގެން 5 ދަރިވަރުންނެވެ. މަދުވެގެން 3 ދަރިވަރުންް، ބައިވެރިކުރަންވާނެއެވެ.

(ރ) އޮފީސް/ ކުލަބު/ ޖަމުޢިއްޔާ/ ޖަމާޢަތްތަކުގެ ބައި ކުރިއަށް ދާނީ ބަހުސް މުބާރާތެއްގެ ގޮތުގައެވެ.

(ބ) އަމިއްލަ ފަރާތްތަކަށް ބައިވެރިވެވޭނީ 2 އުމުރުފުރާއެއްގައެވެ. އެއީ 18 އަހަރުން ދަށުގެ އުމުރުފުރާގަޔާއި 18 އަހަރުން މަތީގެ އުމުރުފުރާގައެވެ.    

(ޅ) މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 2015 އެޕްރީލް 28 ވަނަ ދުވަހުއެވެ.

(ކ) މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފޯމު ފުރިހަމަކުރުމަށްފަހު ބައިވެރިވާ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސުގެ އަސްލާއެކު އޭގެ ނަކަލު، 2015 އެޕްރީލް 9 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މި އެކެޑަމީއަށް ހުށަހަޅަން ވާނެއެވެ.

(އ) މި މުބާރާތުގެ ގަވާއިދާއި ބައިވެރިވާން އެދޭ ފޯމު އަދި މުބާރާތާ ގުޅުންހުރި އެހެނިހެން ލިޔެކިޔުންތައް މި އެކެޑަމީންނާއި މި އެކެޑަމީގެ ވެބްސައިޓް www.dhivehiacademy.edu.mv ން ލިބެން ހުންނާނެއެވެ. އަދި އިތުރު މަޢުލޫމާތު މި އެކެޑަމީގެ ނަންބަރު 3345284 ން ލިބޭނެއެވެ.

3 ޖުމާދަލްއާޚިރާ 1436

23 މާރިޗު 2015